ގއ.ވިލިނގިއްޔަށް ސުނާމީ އަރާފައި... ފޮޓޯ: ވިޒިޓް ވިލިނގިލި
26 Dec 2024 | 11:39
ސުނާމީއަށް 20 އަހަރު، ދިވެހިން އަބަދުމެ އެދުވަހުގެ ވާހަކަ ދައްކާނެ!

މީގެ 20 އަހަރުކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ ވެގެންގޮސްފައިވަނީ މި ފަހުގެ ތާރީހެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، ހިތްދަތި ހަނދާންތަކެއް ކުރުވި ދުވަހުގެ ގޮތުގައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ސުނާމީ އަރައި އެދުވަހު ކުރިމަތިލާންޖެހުނީ މީގެކުރިން ރައްޔިތުންނާ ކުރިމަތިލާންޖެހުނު ކަމެއް ނޫނެވެ.

މޫސުން ގޯސްވާ ދުވަސްވަރު ރާއްޖޭގެ ރަށްތަކަށް އުދަ އާއި ބޮޑުރާޅު އެރުމަކީ ދިވެހިންނަށް އައުކަމެއް ނޫނެވެ. އެއީ ދޭތެރެ ދޭތެރެއިން ތަޖުރިބާކުރަންޖެހޭ ކަންކަމެވެ. ނަމަވެސް ސުނާމީގެ ހާދިސާ ވަރަށް ތަފާތެވެ. އެދުވަހު ކުރަންޖެހުނު ތަޖުރިބާވެސް ތަފާތެވެ. މޫދު ލޮނުގަނޑު ބޭރަށް ދަމައިގަނެ ފަޅުގައި އޮތް ފެންގަނޑު ތިލަވެގެންދިޔަ ދިޔުމެވެ. އޭގެފަހުން ކުއްލިއަކަށް ފެންގަނޑު ބޮޑުވެ ރަށުތެރެއަށް އަރައިގެންދިޔަ ގޮތެވެ. މިއީ މީގެކުރިން ދިވެހިން ދުށް މަންޒަރެއް ނޫނެވެ އެހެންކަމުން އެކަމުގެ ތަޖުރިބާކުރެވިފައި ނެތުމުން ދެން ވާނޭ ގޮތެއް އަދި ހަދަންޖެހޭނޭ ގޮތެއްވެސް ނޭނގުނެވެ. އެދުވަހު ސުނާމީގެ އަސަރު އެންމެބޮޑަށް ކުރި ރަށްތަކުގެ ބައެއް މީހުން ސަލާމަތްހޯދީ އޮޑިފަހަރަށް އަރައިގެންނެވެ.

ރާއްޖެއަށް ސުނާމީ އަރާފައިވަނީ އިންޑޮނޭޝިއާގެ ސުމަޓްރާއަށް ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި ވަރުގަދަ ބިންހެލުމުގެ ސަބަބުން އެފެދިގެންދިޔަ ލޮޅުތަކުގެ ސަބަބުންނެވެ. މި ލޮޅުންތަކުގައި އިންޑިއާ ކަނޑުގައި ވަރުގަދަ ބާނިތަކެއް އުފެދި އެ ބާނިތަކުގެ އަސަރު ރާއްޖޭގެ ބައެއް ރަށްތަކަށްވެސް ކުރީއެވެ.

ގއ.ވިލިނގިއްޔަށް އެރި ސުނާމީގެ ތެރެއިން.. ފޮޓޯ: ވިޒިޓް ވިލިގިނލި

ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ  ކުރިމަތިވިކަމަށް ރެކޯޑްކުރެވިފައިވަނީ އެދުވަހުގެ 09:20 ހާއިރުއެވެ. ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވީއެއް ނުވީއެއް ނޭނގި ގެއްލުނެވެ. މި ހާދިސާގައި 13 ރަށަކުން މީހުން ހުސްކުރަން ޖެހުނުއިރު 15 ހާހަށްވުރެ ގިނަ މީހުންގެ ގޯތި ގެދޮރު، އެމީހުން އުމުރުދުވަހު އެއްކުރި ހުރިހާ ތަކެއްޗަކާއެކުހެން ގެއްލުނެވެ. ގިނަ މީޙުންގެ ދިރިއުޅުންޖެހުނީ އަލުން އާރާސްތުކުރާށެވެ. އެދުވަސްވަރަކީ މޯބައިލް ފޯނާއި އިންޓަރނެޓްގެ ހިދުމަތް އެހާ އާއްމެއް ނޫޠނެވެ. އެހެންކަމުން އެދުވަހު އެދިމާވި ގެއްލުންތައް އެއްބަޔަކު އަނެއްބަޔަކާ ހިއްސާކުރެވެން ވަގުތުނެގިއެވެ. ސުނާމީ ކާރިސާގައި މުއާސަލާތީ ހިދުމަތްތައް މެދުކެނޑުނުއިރު، މިކަންވެގެންދިޔައީ ހާލުގައިޖެހުނު މީހުންނަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިމަތިވެގެންދިޔަ ގޮންޖެހުމަކަށެވެ.

ދިވެހިންނަށް އެދުވަހު ކުރިމަތިވި އެ ހިތްދަތި ގެއްލުންބޮޑު ވަގުތުގައިވެސް ދިވެހިންގެ ފަރާތުން ފެނިގެންދިޔައީ އާދަޔާހިލާފް އެއްބައިވަންތަކަމެކެވެ. ރަށްރަށުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިންވަނީ ނަމޫނާ ދައްކާފައެވެ. އެހީތެރިކަމަށް ގޮވާލުމުގެ މާކުރިން ދިވެހިންވަނީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

ތ.އަތޮޅު ވިލިފުއްޓަށް އެރި ސުނާމީގައި މަޝްހޫރު ނޫސްވެރިޔާ އަލީ ސުލައިމާނު ދިރިއުޅުނުގޭގެ ބައެއް ވެއްޓިފައި.. ފޮޓޯ: މައުމޫން ސުލައިމާން

އަޅުގަނޑު އެދުވަހު ހުރީ މަޖީދިއްޔާގައި. ސްކައުޓެއްގެ ހައިސިއްޔަތުން މީހުނަށް އެހީތެރިވާން އެތަނަށްގޮސް. މާލެ އަތޮޅުގެ ބައެއް ރަށްތަކުގެ ވަރަށްގިނަ މީހުން އެތަނަށް ގެނައި. އެމީހުންނަށް އެހީވުމަށް ތަކެތި ހަދިޔާކުރިމީހުންގެ ފަރާތުން ފެނިގެންދިޔައީ އާދަޔާހިލާފްކަމެއް. ފިހާރައިން ބައެއް ތަކެތި ހުސްވުމުން ބައެއް މީހުން ދަތްއުނގުޅަން ބޭނުންކުރި ބޭސްފުޅިއާ އެމީހުން ލާން ގެންގުޅުނު އަންނައުނުތައް ގެނައި. ކުޑަކުދިން ކުޅެން ގެންގުޅުނު އެއްޗެހި ގެނެސް މަޖީދިއްޔާގައި އެވަގުތު ތިބި ކުދިންނަށް ހަދިޔާކުރި. އަންހެނުންނަށާއި ކުޑަކުދިންނަށް ބޭނުންވާނެ ތަކެތި މެދުކެނޑުމެއް ނެތި ދިޔައީ ލިބެމުން. އެއީ ތަފާތުދުވަހެއް

އެދުވަހު މަޖީދިއްޔާގައި ސްކައުޓެއްގެ ގޮތުގައި ހަރަކާތްތެރިވި އަހުމަދު ވަޖީހު ބުންޏެވެ.

ސުނާމީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އެދުވަހު ސިފައިންނާއި، ސަރުކާރުގެ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކުން ކުރި މަސައްކަތްތަކަކީ މީގެ ކުރިން އެފަރާތްތަކުން ތަޖުރިބާކުރި ކަމެއް ނޫނެވެ. ސުނާމީ ކާރިސާގައި ރާއްޖޭގެ އިގްތިސާދަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެދުވަހުގެ ހާދިސާގައި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން އެކަމުގެ އަސަރުކުރިއެވެ.

ސުނާމީ ކާރިސާއަށް 20 އަހަރު ފުރިގެންދިޔައިރު، ގައުމު އޮތް ހާލަތުން މިއަދު ގިނަބަޔަކު ފާހަގަކުރަނީ އެދުވަހު ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަމެވެ. އެދުވަހުގެ ހާދިސާއިން ދައްކުވައިދިނީ، އަސްލު ދިވެހިންގެ ހުންނަންޖެހޭ ހޭޑިފޭޑިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.