އައްޝައިޚް އަހުމަދު ސަމީރު: ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
29 Dec 2024 | 09:42
ރިސޯޓް ހަދަން ރަށެއް ދިނަސް އެ ސަރަހައްދުގެ ފަޅުތަކާއި ރަށްތައް އެމީހުންނަށް ދިނުން ހަމައެއްނުޖެހޭ: ޝެއިޚް ސަމީރު

ރިސޯޓްތަކާއި ގެސްޓްހައުސްތައް ހަދަން ހުއްދަ ދިން ނަމަވެސް އެތަންތަން ހަދާ ސަރަހައްދުގައި ހުންނަ ހުރިހާ ފަޅުތަކާއި ރަށްތައް ފަތުރުވެރިނަން ދިނުމަކީ  ހަމަޖެހޭ ކަމެއް ނޫން ކަމަށް ދީނީ ޢިލްމު ވެރިޔާ އައްޝައިޚް އަހުމަދު ސަމީރު  ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ރީތި ފަޅުރަށަކަށް ދަތުރުވަޑައިގެން، އެރަށުގެ ރީތި ގޮނޑުދޮށް ފެންނަ  ވީޑިއޯއެއް މީސްމީޑިއާގައި އާއްމު ކުރައްވަމުން ޝެއިޚް ވިދާޅުވީ، އެފަދަ ގޮނޑުދޮށްތައް ރީތި ރަށްތައް ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ. 

އެހެން ނަމަވެސް އަޅުގަނޑު މިރަށަށް އައިސް ހިތަށް އެރި، މާދަމާ މިރަށަށް ނުވަތަ އަންނަ އަހަރު މިޔަނި ތަނަކަށް އަންނައިރު އޮންނާނީ ގެސްޓުންނަށް ނޫނީ ރިސޯޓެއް ހަދަން ދީފައޭ. 

އައްޝައިޚް އަހުމަދު ސަމީރު  

މިއާއެކު ޝެއިޚް ވިދާޅުވީ، ރާއްޖޭގެ ރީތި ފަޅުރަށްތަކާއި ފިނޮޅުތަކާއި ތަންތަން ރިސޯޓްތަކަށް ދީދީ ދިވެހިން އައިސް ހިތްހަމަޖައްސާލާނެ ތަންތަން ވަރަށް މަދު ކަމަށާ އެއީ ހިތާމަ ކުރައްވާ ކަންކަން ކަމަށެވެ. 

އަދި އެފަދައިން ރަށްތައް ދިނުމުން، ދިވެހިން ދަތުރުގޮސް ހިތްހަމަހައްސާލަން ތިއްބައި، ފަތުރުވެރިން އެ ފަޅުރަށްތަކަށާއި ފިނޮޅުތަކަށް ގޮސް ނިވާކަން ކުޑަކޮށް އުޅޭ ކަމަށާ، އޭގެ ސަބަބުން ދިވެހިން އެ ތަންތަނުން ފައިބައިގެން ދާންޖެހޭ ކަމަށް ވިދާޅުވުއެވެ. 

ގެސްޓްހައުސްތަކުން އަދި ރިސޯޓެއް ހަދަން ރަށެއް ދިނުމަކީ އެސަރަހައްދުގައި ހުންނަ ހުރިހާ ފަޅުފަޅާއި ގިރިގިރިއާއި ހާ ހަލަށް އެ ހުރިހާ ތަނެއް އެއީ އެމީހުންގެ ތަންތަން ކަމުގައި ބެލެވި އަޅުގަނޑުމެންނަށް އެތަންތަނަށް އެރުން މަނާ ކުރެވި، އަދި އަރައި ތިއްބައި، އެތަންތަނަށް ގެސްޓުން އައިސް އެމީހުން ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލާފައި އޮތުމަކީ އަޅުގަނޑުހިތުން ހަމަޖެހޭ ކަމެއް ނޫން

އައްޝައިޚް އަހުމަދު ސަމީރު  

އެހެންކަމުން، އަތޮޅު ތެރޭގައި ހުންނަ ރީތި ރަށްތަކަކީ ދިވެހިންނަށް ޚާއްސަ ރަށްތަކެއް ގޮތަށް ހެދުމަކީ ސަރުކާރު ތަކުގެ ސިޔާސަތުތަކުގައު ވެސް ހިމެނެންޖެހޭ ކަމެއް ކަމަށް ޝެއިޚް ސަމީރު ވިދާޅުވުއެވެ. އެއީ ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މުހިންމު ކަމެއް ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.