ބަންގާޅުގެ ނޫސްވެރިން.. ފޮޓޯ: ވޯންނިއުސް
ހަބަރު
29 Dec 2024 | 21:34
ބަންގްލަދޭޝް ނޫސްވެރިންގެ ފާސްތައް ކެންސަލް ކޮށްފި

ބަންގްލަދޭޝްގެ ޕްރެސް އިންފޮރމޭޝަން ޑިޕާޓްމަންޓުން އެގައުމުގައި ހަރަކާތްތެރިވާ އެގައުމުގެ ނޫސްވެރިންނަށާއި ބައިނަލްއަގްވާމީ ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސްތައް ކެންސަލްކޮށްފިއެވެ.

ޕްރެސް ކާޑުތަކުގެ އެކްރެޑިޓޭޝަން ކެންސަލްކުރިކަމަށް އިއުލާންކުރަމުން ބަންގްލަދޭޝްގެ ދާޚިލީ ވުޒާރާއިން ބުނީ މިއީ ސަލާމަތީ ސަބަބުތަކަށްޓަކައި އެޅި ފިޔަވަޅެއްކަމަށެވެ. މިއާއެކު ބަންގްލަދޭޝްގެ ސަރުކާރުގެ މައި އޮފީސްތައް ވެރިރަށް ޑާކާގައި ހުންނަ 'ސެކްރެޓޭރިއެޓް' ސަރަހައްދަށް ނޫސްވެރިންނަށް ދެން ނުވަދެވޭނެއެވެ. އަދި ނޫސްވެރިންނަށް ފާސްދޫކުރުމާ ބެހޭ އުސޫލުތައް އަލުން މުރާޖައާކުރުމަށްފަހު، ޕްރެސް ކާޑު ހޯދުމަށް މީޑިއާތަކަށް ފުރުސަތު ހުޅުވާލާނެކަމަށްވެސް ދާޚިލީ ވުޒާރާއިން ބުންޏެވެ. މިކަމުގެ ސަބަބުން ނޫސްވެރިންނަށާއި މީޑީއާތަކަށް ދިމާވާނެ ދަތިތަކަށް ބަންގްލަދޭޝް ސަރުކާރުން މާފަށްވެސް އެދިފައިވެއެވެ.

އާ ކާޑުތައް ދޫކުރެވެންދެން ނޫސްވެރިން ދެން ޖެހޭނީ މިނިސްޓްރީއަކުން ބާއްވާ ކޮންމެ އިވެންޓަކަށް، އެމިނިސްޓްރީއަކުން ޚާއްސަކޮށް އެ އިވެންޓަށް ހުއްދަ ހޯދަންށެވެ. ކުރިން އޮތް ޕްރެސް ކާޑު ބޭނުންކޮށްގެން ނޫސްވެރިންނަށް ފަސޭހަކަމާއެކު ސެކްރެޓޭރިއެޓް ސަރަހައްދަށް ވަދެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ