ސިފައިން މަގުތަކުން ފެން ހިންދަނީ... ފޮޓޯ: އެމްއެންޑިއެފް
ހަބަރު
01 Jan 2025 | 17:40
ފެންބޮޑުވުމުން އާދައިގެމަތިން، މާލޭގެ މަގުތަކުން ފެންހިންދަން ސިފައިން ނިކުމެއްޖެ

މިހާރުކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އާދައިގެމަތިން ސިފައިން ނިކުމެ ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

ރެއިން ފެށިގެން ކުރަން ފެށި ވިއްސާރާގައި، މިއަދު ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ފެންބޮޑުވި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މާލޭގެ އެންމެ ފެން ބޮޑުވާ ސަރަހައްދަކީ މާފަންނު، ވެސްޓްޕާކް ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދެވެ. 

މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން މިހާރު ވަނީ މާލޭ ގްރޭންޑާ ދިމާލު މަޖީދީމަގުގެ ގާތަށް ނަގައި މަގު ހެދުމުގެ މަސައްކަތްކުރަމުންނެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވާތީވެ، މި ސަރުކާރުން ވަނީ މެއިމަހުގެ ތެރޭގައި މަޝްރޫޢުއެއް ފަށާފައެވެ. ނަމަވެސް އެއީ ފެންބޮޑުވެ ގެތަކަށް ފެންނަމުންދާތީ ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ފެށި ވަގުތީ މަޝްރޫޢުއެކެވެ.

މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށްއޮތް ހަތަރު ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށެވެ. މިގޮތުން މި ދުވަސްތަކުގައި ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދަ އަރާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިުން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ