ރައީސް ޑރ.މުއިއްޒު މިއަދު ގުޅިއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Jan 2025 | 20:51
ގުޅިއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް، ޑރ.މުއިއްޒު މާޅެ ވަޑައިގެންފި

ކ.އަތޮޅު ގުޅިއަށް ކުރެއްވި ޒިޔާރަތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސް ޑރ.މުއިއްޒު ގުޅިއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ރައީސް ޑރ.މުއިއްޒު ވަނީ ގުޅިއަށް ވަޑައިގެން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކޮށް، ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައީސް ވަނީ ގުޅީގެ ރައްޔިތުން އެދިލައްވާ ކަންކަން އޮޅުންފިލުއްވާފައެވެ.

ގުޅިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް މިއަދު  ހަވީރު އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުއިއްޒު ވަނީ ވަނީ ގުޅީގެ ރައްޔިތުންނަށް އުއްމީދީ ވާހަކަތަކެއް ދައްކަވާފައެވެ. ރައީސް ވިދާޅުވީ، ގުޅީގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ތެރެއިން ކަންކަން މަގުފަހިކޮށްދެއްވާނޭކަމަށެވެ. މިގޮތުން ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިހުރި ބިންތަކުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް މަގުފަހިކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ގުޅީގެ ބަނދަރުގެ މައްސަލައާއި ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ނިމިގެންދިޔަ ސަރުކާރުން ބަޔަކާ ހަވާލުކުރިނަމަވެސް އަދިވެސް އެ މަޝްރޫޢުގެ މަސައްކަތް ފެށިފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ރައީސ ްވިދާޅުވީ، ނިމިގެންދިޔަ އަހަރު ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްނުގެންދެވުނީ، އެ މަޝްރޫޢުއަށް ބޭނުންވާ ފައިސާ ބަޖެޓްކޮށްފައި ނެތުމުންކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ވިދާޅުވީ ގުޅީ ސިއްހީމަރުކަޒުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ތައުލީމީ ދާއިރާ ކުރިއެރުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ