ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Jan 2025 | 11:48
ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖް މަޝްރޫއުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ޑރ.މުޢިއްޒު ދެއްވައިފި

ގދ.ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖް މަޝްރޫއުގެ މަސައްކަތް ފައިދާހުރި ގޮތަކަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ހުވަދުއަތޮޅަށް ރައީސް ޑރ.މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯނޑެއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަސް ޕްލާންޓް ނުވަތަ ކޯލްސް ސްޓޯރޭޖް މަޝްރޫއަށް އެރަށުގެ ވަރަށް ބޮޑު ބައެއް އަމިއްލަ ކުންފުންޏަކަށް ދީފައިވާކަމަށެވެ.

އެކަމަށް ވަރަށް ގިނަ ދުވަސްވެފައިވި ނަމަވެސް އެމަޝްރޫއު އަދިވެސް ނުނިމޭކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެންމެ ފުރިހަމަކަމަކަށްވާނީ އެމަޝްރޫއު ނިމި، އޭގެ ފައިދާ މަސްވެރިކަމަށް ލިބިގެންދިޔުންކަމަށާއި، އެ ބިމުން ރަށަށް ރަނގަޅު ފައިދާއެއްވާން ޖެހޭނެކަމަށެވެ. 

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ހެދިފައިވާ އެއްބަސްވުމުގެ ދަށުން މި މައްސަލައަށް ދާއިމީ ހައްލެއް އަންނަން ޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށާއި، ކައުންސިލަށް އެ ބިމުން އެކަށީގެންވާގޮތަށް އާމްދަނީ ނުލިބޭކަމަށެވެ.

"ދެންމެގައި ކައުންސިލް ރައީސް އެ ފާހަގަކުރެއްވި ގޮތަށް އަޅުގަނޑު ޔަގީންކަން ދިނިން އިރާދަކުރެއްވިއްޔާ ކައުންސިލަށް، އަދި އޭގެ ނަތީޖާ އަކީ ރައްޔިތުންނަށް އެބިމުން އެންމެ ރަނގަޅު ނަފާއެއް، ނޫނިއްޔާ އާމްދަނީ ލިބޭނެ ގޮތް ހަދައިދޭނެކަމަށް،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އެންމެ ރަނގަޅު ނަތީޖާއަކަށްވާނީ އެމަޝްރޫއަށް ދާއިމީ ހައްލެއް އައުންކަމަށް ވިދާޅުވެ ރައީސް ޑރ.މުޢިއްޒު ވަނީ އެ މަޝްރޫއު އެގޮތަށް ކުރިއަށް ގެންދާނެކަމަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަކަށް އެކަން ހަމަޖައްސަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އަދި ހޫތީން ވަނީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފައެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.