ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިފަހަރު އުމްރާއަށްދިޔަ ދިވެހިންގެ ބަޔަކު އުމްރާގެ އަޅުކަމުގައި.. ފޮޓޯ ހައްޖު ކޯޕަރޭޝަން
ހަބަރު
08 Jan 2025 | 21:02
މައްކާގައި ތާށިވި އުމްރާވެރިންގެ ކަންކަމާ ހައްޖު ކޯޕަރޭޝަނުން ހަވާލުވެއްޖެ

އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި އުމްރާއަށް ގޮސް ނާދެވިފައި ތިބި މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް އެންމެފަހުން ސަރުކާރުގެ ހައްޖު ކުންފުނިން ފަށައިފިއެވެ.

މިފަހަރު ރާއްޖެއިން އުމްރާއަށްދިޔަ މީހުންގެ ތެރެއިން, އަލްހިޖްރަ ކުންފުނީގެ ހަވާލުގައި ދިޔަމީހުނަށް ރިޓާން ޓިކެޓް ނުލިބުމުން އެމީހުން މިހާރު ތިބީ މައްކާގައި ނާދެވިފައެވެ. އެމީހުން ރާއްޖެ އަންނަގޮތަށް އޮތީ މިމަހު 5 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް ވަނީ ރާއްޖޭގެ އުމްރާވެރިންގެ ބަޔަކު މައްކާގައި ނާދެވިފައި ތިބި މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަން ހާމަކޮށްފައެވެ. 

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ހިޖްރަ ނަމަކަށް ކިޔާ ޖަމާއަތެއްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ ދިވެހިންތަކެއް ހާލުގައިޖެހިފައިވާތީ އެމީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އިސްލާމިކް މިނިސްޓަރު ޝަހީމްގެ އިރުޝާދުގެ ދަށުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

މައްކާގައި ތާށިވި ދިވެހިން ގެނައުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ކުރަން ނިންމުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވަރުގަދަ ކަމާއެކު ވުޖޫދުގައި އޮންނަންޖެހެނީ ކީއްވެގެންކަން މިއަދު ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަނާ މެދު ދިވެހިން އުފާވާންވާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މައްކާގައި އުމްރާވެރިން ތާށިވި މައްސަލާގައި މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ، އެމީހުން އުމްރާއަށްގެންދިޔަ ކުންފުނިން އެކަމުގެ ޒިންމާނަގަން ޖެހޭއިރު، އުމްރާގެ އަޅުކަން އަދާކުރުމަށް ދޭ ފައިސާ އެހެންކަންކަމަށް ބޭނުންކޮށް އުމްރާވެރިން ހާލުގައިޖެހެން ޖެހޭގޮތް މެދުވެރިވުމަކީ ވަރަށްބޮޑު މައްސަލައެއްކަމަށެވެ. ނަމަވެސް ދިވެހިންގެ ބަޔަކު އެހީއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ފުރަތަމަ އިސްކުރާނީ އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި އުމްރާއަށް ދިޔަ 24 މީހަކު މައްކާގައި ރާއްޖެ ނާދެވިފައި ތިބިއިރު، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އެމީހުން ރާއްޖެ އަންނަން އޮތީ މިމަހުގެ 5 ވަނަ ދުވަހުއެވެ. ނަމަވެސް އަންނަން ޓިކެޓް ހަމަނުޖެހުމުން އެމީހުން ތާށިވީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން މައްކާއަށް ދިޔައިރުވެސް ދަތުރުގެ ކަންކަން ހުރީ ވަރަށް ދޯދިއާކޮށެވެ. އެކަން އެޖަމާއަތަށް ނިސްބަތްވާ ބައެއް މީހުން ވަނީ އާއިލާ މީހުންނާ ހިއްސާވެސް ކޮށްފައެވެ.

މިފަހަރަކީ ރާއްޖެއިން އެންމެގިނަ މީހުން އުމްރާއަށްދިޔަ ފަހަރުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިފަހަރު 6373 ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާކަމަށް ވަޒީރު ޑރ.މުޙައްމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ. ޢާއްމުގޮތެއްގައި ރާއްޖެއިން ޑިސެމްބަރު މަހުގެ ޢުމްރާއަށް 4000 އެއްހާ މީހުންކަމަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރިނަމަވެސް، މިއަހަރަކީ ރެކޯޑް އަދަދަކަށް އުމްރާއަށް މީހުންދިޔަ އަހަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.