އިންދިގޯ ފްލައިޓެއް.. ފޮޓޯ: ބިޒްނަސް ޓްރެވަލަރސް
ވިޔަފާރި
12 Jan 2025 | 11:09
ލަންކާއަށް އެންމެ ގިނަ ދަތުރުކުރާ ބޭރުގެ އެއަރލައިނަކަށް އިންޑިގޯ!

ސްރީލަންކާއަށް އެންމެ ގިނައިން ދަތުރުކުރާ ބޭރުގެ އެއަރލައިންއަކަށް އިންޑިއާގެ އިންޑިގޯ ވެއްޖެއެވެ.

އިންޑިއާގެ ހަތަރު ސިޓީއަކުން ލަންކާގެ 2 ސިޓީއަކަށް، ހަފްތާއަކު 54 ފްލައިޓް މިހާރު ބާއްވައެވެ. އިންޑިގޯއިން ލަންކާއަށް ދަތުރުކުރާ މަންޒިލްތަކަކީ ކޮޅުނބާއި ޖަފްނާއެވެ. އިންޑިގޯއިން ލަންކާއާ ގުޅުވާލަދޭ އިންޑިއާގެ ހަތަރު ސިޓީއަކީ ބެންގަލޫރު، ޗެންނާއީ، ހައިދަރުއާބާދު އަދި މުމްބާއީއެވެ.

އިންޑިގޯއިން ބުނީ ލަންކާއާއި އިންޑިއާ ގުޅުވާލަދޭ ރޫޓްތަކަކީ އެކުންފުނީގެ ވިޔަފާރި ފުޅާކޮށް، އިންޑިއާއާއި ލަންކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެ އެއަރލައިނުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް ދަތުރުކުރާ ރޫޓްތަކެއް ކަމަށެވެ. އަދި ޖަފްނާއަށް ދަތުރުކުރަނީ ލަންކާގެ އުތުރުގެ ތަރައްގީއަށް ލަންކާގެ ސަރުކާރުތަކުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށްވެސް އެ އެއަރލައިން އިން ބުންޏެވެ.

ލަންކާގެ ފަތުރުވެރިކަން ބާރު ސްޕީޑްގައި ފުޅާވަމުންދާއިރު، އިންޑިއާއަކީ އެގައުމުގެ އެންމެ މުހިއްމު މާކެޓެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ލަންކާއަށް އައި ފަތުރުވެރިންގެ އަދަދަކީ 2 މިލިއަން 53 ހާހެވެ. އޭގެ ތެރެއިން 20 އިންސައްތައަކީ އިންޑިއާގެ ފަތުރުވެރިންނެވެ. ދެން އެންމެ ކައިރިން ވާދަކުރީ ރަޝިޔާއެވެ. އެއީ 9.8 އިންސައްތައެވެ. އެހެންކަމުން އިންޑިއާ މާކެޓަކީ ލަންކާއަށް މުހިއްމު، އަދި މުސްތަގްބަލު އޮތް މާކެޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.