މީގެ ކުރިން ވިއްސާރަ ވެހި މާލޭގައި ފެންބޮޑުވެފައި-- ފޮޓޯ: ޕޮލިސް
ހަބަރު
13 Jan 2025 | 12:19
ވިއްސާރައަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރެއް ގާއިމުކޮށްފި

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވެ، ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން، މާލޭގައި ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރެއް ގާއިމުކޮށްފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ މިފަދައިން ހާމަކުރައްވާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް އަދި އެންޑީއެމްއޭއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި މޭޖަރ ޖެނެރަލް ހިލްމީގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) ގެ ޗީފް އޮފިސަރ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިކަމަށް ހާއްސަ ޓާސްކްފޯހެއް އުފައްދާފައިވާކަމަށެވެ. މިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް އެކުލެވޭ ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރެއް ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި ގާއިމުކުރެވިފައިވާކަމަށް ހިލްމީ ވިދާޅުވިއެވެ.

"މިކަމުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިސް ދައުރެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި އަދި މޯލްޑިވްްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު މިވަނީ ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރެއް ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި ގާއިމުކުރެވިފައި،"

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވިއެވެ. 

ހިލްމީ ވިދާޅުވީ، ސިފައިންގެ ހިދުމަތްތައް ރާއްޖޭގައި ގާއިމުކުރެވިފައިވާ 4 އޭރިއާ ކޮމާންޑް ސެންޓަރުންވެސް ހިދުމަތްތައް ފޯރުކޮށްދޭނެކަމަށާއި، މާލޭގައި ވެސް މިކަމަށް ހާއްސަ އިސްކަމެއްދީގެން މިހާރުވެސް ވެލި ބަސްތާތައް ޖެހުމާއި ޕަމްޕް ސްޓޭޝަންތައް ބޭނުން ކުރުމަށްޓަކައި ތައްޔާރީ ހާލަތަށް ގެނެވިފައިވާކަމަށެވެ.

މިވަގުތުވެސް މާލޭގެ ތިން ސަރަހައްދަކުން ވެލި ބަސްތާ ލިބޭނެ ނިޒާމް ސިފައިން ހަމަޖައްސާފައިވާކަން ފާހަަގަކުރައްވާ ހިލްމީ ވިދާޅުވީ، މި އޮޕަރޭޝަން ވަރަށް ގާތުން ރައީސް ޑރ.މުޢިއްޒު ބައްލަވަމުން ގެންދަވާކަމަށާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކަށް ރައީސް ޑރ.މުޢިއްޒު އިރުޝާދުދެއްވާފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.