ފުލުހެއް މަގުމަތީގައި- ފޮޓޯ: ޕޮލިސް
ހަބަރު
13 Jan 2025 | 14:25
މިދިޔަ އަހަރު 73،953 އުޅަނދު ޗެކްކޮށް 7،606 އުޅަނދަކަށް ފުލުހުން ފިޔަވަޅުއެޅި!

މިދިޔަ އަހަރު 73،953 އުޅަނދު ޗެކްކޮށް 7،606 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް މަގުމައްޗަކީ އެންމެނަށް އަމާން ތަނަކަށް ހެދުމަށްޓަކައި ފާއިތުވެ ދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ފުލުހުން ވަނީ އާއްމުކޮށްފައެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، އުޅަނދު ދުއްވި 66،347 މީހަކަށް ނަސޭހަތް ދީފައިވާއިރު، 7،606 މީހަކަށް ވަނީ ވަޔަލޭޝަން ސްލިޕް ދޫކޮށްފައެވެ.

މީގެ އިތުރުން، ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކޮށްފައިވާއިރު، މީގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނެއެވެ. ފުލުހުން ބުނީ، ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލަ ފާހަގަކުރެވިފައިވާކަމަށާއި، އޭގެތެރޭގައި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުލީ 22 އުޅަނދު ދުއްވުމުގެ މައްސަލަތައް ހިމެނޭކަމަށެވެ.

ފާއިތުވި އަހަރުގެ ޓޯވ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯވ ކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ، މީގެ ތެރޭގައި 11،645 މޮޓޯސައިކަލް، 2،567 ކާރު، 478 ޕިކަޕް، 369 ވޭން އަދި 87 ޓްރަކް ހިމެނޭކަމަށާއި، ޓޯވ ކުރެވުނު އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލެވުނު އިރު، 13،562 އުޅަނދު ވެރިފަރާތާއި ހަވާލުކުރެވިފައިވާކަމަށެވެ.

މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ކަންބޮޑުވާކަމަކަށްވާއިރު، އެކްސިޑެންޓުތައް މަދުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ހަރުދަނާ މަސައްކަތްތަކެއް ފާއިތުވި އަހަރު ވަނީ ކޮށްފާކަމަށާއި، އޭގެ ތެރޭގައި ފުރާނައަށް ނުރައްކާވާފަދަ އެކްސިޑެންޓުތައް މަދުކުރުމަށް އެކަމަށް ވަކިން ހާއްސަކޮށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.