ޖަޕާނަށް އައި ބިންހެލުން އަންގައިދޭ ޗާޓެއް
ހަބަރު
13 Jan 2025 | 21:39
ޖަޕާނަށް އައި ބިންހެލުމާއެކު ދިން ސުނާމީގެ އިންޒާރު ނަގައިފި

ޖަޕާނަށް މިއަދު އައި ބިންހެލުމާއެކު އެޤައުމުގެ މީޓިއޮލޮޖިކަލް އެޖެންސީން ދިން ސުނާމީގެ އިންޒާރު ނަގައިފިއެވެ.

ޖަޕާނަށް މިއަދު 6.9 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސްފައިވަނީ އެޤައުމުގެ ހުޅަނގު ދެކުނު ސަރަހައްދަށެވެ. ބިންހެލުން އައިސްފައިވަނީ ޖަޕާނުގަޑިން ރޭގަނޑު 09:19 ހާއިރެވެ. ބިންހެލުން އައުމުގެ ސަބަބުން ސުނާމީގެ އިންޒާރުދީފައިވަނީ، ޖަޕާނުގެ ތިންވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކިޔޫސޫގެ މިޔަޒަކީ ޕްރިފެކްޗާއަށެވެ.  ބިންހެލުމާ ގުޅިގެން ބައެއް ފިހާރަތަކާއި ގޭތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނުކަމަށް ޖަޕާނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޖަޕާނުގެ މީޓިއޮލޮޖިކަލް އޭޖެންސީން ދިން ސުނާމީ އިންޒާރުގައިވާގޮތުން ބިންހެލުމާ ގުޅިގެން އުފެދޭ ރާޅުތަކުގެ އުސްމިން 1 މީޓަރަށްވުރެ އުސްވާނޭކަމަށް ވަނީ ލަފާކޮށްފައެވެ. ޖަޕާނުގެ ކަމާބެހޭ އިދާރާއިން ވަނީ ސުނާމީގެ އިންޒާރު ނެގި ނަމަވެސް މިޔަޒަކީ ޕްރިފެކްޗާގައި ދިރިއުޅެމުންދާ ފަރާތްތަކުން އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަމަ އެހެންމެ ބިންހެލުމެއް ކޮންމެފަދަ ވަގުތެއްގައިވެސް އައިސްދާނެ ކަމަށާއި އޮތްގޮތަކީ އެކަމަށް ތައްޔާރުވެ ތިބުންކަމަށް އޮފިޝަލުން ބުންޏެވެ.

ފަހުގެ ތާރީހެއްގައި ޖަޕާނަށް އެންމެ ވަރުގަދަ ބިންހެލުމެއް އައިސްފައިވަނީ 2011 ވަނަ އަހަރެވެ. ޖަޕާނަށް 2011 ވަނަ އަހަރުގެ މާޗްމަހު އައި އެ ބިންހެލުމާއި ގުޅިގެން އެރި އުނާމީގެ ސަބަބުން 19،759 މީހުން މަރުވެ، 2،553 މީހުނަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މީގެ އިތުރުން މި ބިންހެލުމުގެ ސަބަބުން ފުކްޝީމާގައި ހުރި ނިއުކްލިއަރ 3 އިންޖީނުގޭވެސް ވަނީ ބިމާ ހަމަވެފައެވެ. 

ޖަޕާނަކީ އެޤައުމު އޮންނަ ތަނުގެ ގޮތުން ބިންހެލުމާއި ސުނާމީގެ އަސަރު އެންމެބޮޑަށް ކުރާ އެއްޤައުމެވެ. ނަމަވެސް ޖަޕާނުން އިމާރާތްކުރުމުގެ ކަންކަމުގައި ގެންގުޅޭ ހަރުދަނާ އުސޫލްތަކުފެ ސަބަބުން މިފަދަ ބިންހެލުންތަކުން ލިބޭ ގެއްލުންތައް އެހެންޤައުމުތަކާ އަޅާބަލާއިރު، ކުޑައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.