ޕީއެންސީގެ ލީޑަރޝިޕް-- ފޮޓޯ: ވޮއިސް
ހަބަރު
14 Jan 2025 | 16:26
ސައްހަ ނޫން ފޯމްތަކެއް ހުށަހަޅާފައިވާކަން ވަނީ ފާހަގަކުރެވިފައި، އެކަން މިދަނީ ބަލަމުން: ޕީއެންސީ

ޕާޓީއަށް މެމްބަރުން ވެއްދުމަށްޓަކައި ސައްހަ ނޫން ފޯމްތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، އެކަން ބަލަމުންދާކަމަށް ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން މިފަދައިން ބުނީ، ކޮންގްރެސް ޕާޓީއަށް މީހުން ވެއްދުމުގައި ސައްހަ ނޫން ފޯމުތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހެޅިފައިވުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

މިގޮތުން ޕީއެންސީން ބުނީ، ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން، ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކު ހިންގި "މެމްބަރޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅި އެތައް ހާސް ފޯމެއް ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެ ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް ފޯމުތަށް އަޕްލޯޑްކުރަމުން ދިޔަ ނަމަވެސް ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެ ޕާޓީއަށް ލިބިފައިނުވުމުގެ ނަތީޖާއަކީ ފޯމެއްގެ ސައްހަކަމާއި މެދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާގައި ސުވާލު އުފެއްދުންކަމަށެވެ. މިއީ ހަމައެކަނި އެ ޕާޓިއަށް އޮތް ގޮންޖެހުމެއް ނޫންކަމަށް ވެސް އެޕާޓީން ފާހަގަކުރިއެވެ.

ޕީއެންސީން ބުނީ، މިހާތަނަށް އެކި ފަރާތްތަކުން ސައްހަ ނޫން ފޯމުތަކއް މި ޕާޓީގެ ނަމުގައި އީސީ އަށް ހުށަހަޅާފައިވާކަމަށް ބަޔާންކޮށް ޝަކުވާތަކެއް ހުށަހަޅާފައިވާތީ، އެ ކޮމިޝަނުންނާއި ފުލުހުންވެސް މައްސަލަ ބަލަމުންދާކަން އަންގާފައިވާކަމަށާއި އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ޕާޓީގެ ފަރާތުން ދޭނެކަމަށެވެ.

މިއާއިއެކު، މިކަން ހިނގާދިޔަ ގޮތް ބެލުމަށް ޕާޓީ އިން ވެސް ފޯމުތައް ހުޅަހެޅިފައިވާގޮތް ބަލަމުންދާކަމަށާއި، ސައްހަ ނޫން ފޯމުތަކެއްގެ މުގާބިލުގައި ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ޕާޓީގެ ރައީސް އަދި ލީޑާޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭނެ ކަމެއް ނޫން ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

އެހެންކަމުން ޕީއެންސީން ވަނީ ސައްހަ ނޫން ފޯމެއް މެދުވެރިކޮށް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ ޕާޓީގެ ރަސްމީ މެއިލްކަމަށްވާ [email protected] އަށް އީމެއިލް ކުރުމަށް އެދިފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.