މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
ހަބަރު
14 Jan 2025 | 21:00
މަހިބަދޫގެ ފުރަތަމަ ޙާފިޡް، އަލް-ޙާފިޡް ޒަލަފް ބިން ނާފިޢުއަށް ކައުންސިލްގެ ފަރާތުން އުމްރާ ދަތުރެއް!

އދ. މަހިބަދޫގެ ތާރީޚްގައިވެސް އެންމެ ފުރަތަމަ ޙާފިޡް ކަމުގެ ސަނަދު ހޯދި، އަލް-ޙާފިޡް ޒަލަފް ބިން ނާފިޢު އަށް މަހިބަދޫ ކައުންސިލްގެ ފަރާތުން އުމްރާ ދަތުރެއް ދީފިއެވެ. 

އދ. މަހިބަދޫއަށް އުފަން، އުމުރުން 12 އަހަރުގެ އަލް- ހާފިޡް ޒަލަފް ބިން ނާފިޢުއަށް ހާފިޡް ކަމުގެ ސަނަދު އަރުވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

ހާފިޡް ކަމުގެ ސަނަދާއެކު ޒަލަފް މިއަދުގެ މެންދުރުގެ ވަގުތެއްގައި މަހިބަދޫއަށް އައުމުން އެ ރަށުން ވަނީ އޭނާއަށް ރަތް ދޫލައިން މަރުހަބާ ކިޔައިފައެވެ. ރަށުގެ އެކިއެކި މުވައްސަސާ ތަކާއި ކުދިބޮޑު އެންމެން ވަނީ އޭނާއަށް މަރުޙަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް އެއްވެފައެވެ. 

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

ރަތް ދޫލައިގައި ކީ އެ ހޫނު މަރުހަބާ އާއި އެކު ދެން އޮތީ ޒަލަފްގެ ޝަރަފްގައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތެކެވެ. 

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

އެ ރަސްމިއްޔާތުގައި މަހިބަދޫ ކައުންސިލާއި، އަތޮޅު ކައުންސިލާއި، އެ ރަށު ދީނީ ޖަމިއްޔާ އާއި، އަމިއްލަ ކުންފުނިތަކާއި، ސަރުކާރު ކުންފުނި ތަކާއި މުވައްސަސާތަކުންވަނީ ޒަލަފަށް ހަނދާނީ ފިލާ އަރުވައި، ހަދިޔާތަކާއި ފައިސާގެ އިނާމް ދީފައެވެ. 

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

އެގޮތުން، ރަށު ކައުންސިލުގެ ފަރާތުން ޢުމްރާ ދަތުރެއް ދީފައިވާއިރު ހިޖާޒް އުމްރާ ގުރޫޕްގެ ފަރާތުންވެސް ވަނީ ޒަލަފަށް ޢުމްރާ ދަތުރެއް ދީފައެވެ. 

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

މި ރަސްމިައްޔާތުގައި ވާހަކަ ދައްކަވަމުން މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު ޢަލީ ވަނީ ޒަލަފް އެ ރަށަށް ހޯދައިދިން ފަހުރުވެރި ކާމިޔާބީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަމުގައި އޭނާއަށް އެހީވެދިން އާއިލާގެ މެންބަރުންނާއި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. 

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

ކައުންސިލްގެ ރައީސްގެ އިތުރުން، މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަލަފްގެ ބައްޕަ އިބްރާހީމް ނާފިޢު ވަނީ ޒަލަފްގެ ހާފިޒު ކަމުގެ ދަތުރުގައި އޭނާއަށް އެންމެ ބޮޑަށް އެހީވެދިން އޭނާގެ މަންމަ ހުޝާމާ މުހައްމަދު އަށް ޝުކުރުއަދާކޮށްފައެވެ. 

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި ޒަލަފްގެ ބައްޕަ ވާހަކަ ދައްކަނީ: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

އަދި ޒަލަފަށް އެކި ގޮތްގޮތުން އެހީވެދިން އެންމެހާ ފަރާތްތަކާއި، ގުރުއާން މުރާޖާގެ ކަންކަން ފަސޭހަކަމާއިއެކު ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސެވި ކައުންސިލްގެ މެންބަރު މުހައްމަދު މައުމޫނަށް ޝުކުރު އަދާކޮށްފައެވެ. 

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

މީގެ އިތުރުން، ޒަލަފްގެ ބައްޕަ ވަނީ ގުރުއާން މުރާޖާގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ކޮމިޓީ މެންބަރު ހާމިދު ސަރއަށް ވަރަށް ޙާއްސަ ޝުކުރެއް އަދާކޮށްފައެވެ. 

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

”އަލްޙަމްދުުލިالله. ދަރިފުޅު ހާފިޒަކަށް ވުމުގެ ނަޞީބަކީ ވަރަށްބޮޑު އުފަލެއް. އޮންލައިން އެކި މަންސަތަކުގައި ދަރިފުޅަށް ހެޔޮ ދުޢާކޮށް އެކިފަރާތްތަކުން ހިތްވަރުދޭތީ ވަރަށްއުފާވޭ. ނަމަވެސް އަޅުގަނޑު ހިތަކަށްނާރާ އަޅުގަނޑުގެ އުފަންރަށް އދ.މަހިބަދޫ އިން އަޅުގަނޑުގެ ދަރިފުޅަށް މިހާބޮޑު މަރުޙަބާއެއް ކިޔާނެކަމަކަށް. މި ބޮޑު މަރުހަބާއިން އަޅުގަނޑަށް ވަރަށް ތަފާތު އުފަލެއް ލިބިގެންދިޔަ. އެއުފަލަކީ ކީރިތިޤުރުއާނަށް އަޅުގަނޑުގެ ރަށުގެ ރައްޔިތުންގެ ހިތުގައި އޮތް ލޯބި. އަދި ހަމައެއާއިއެކު އެކަމަށް އުފާކޮށް ހިތްވަރުދީ ބޮޑެތި އިނާމްތައް ހުށައެޅުމުން، އިންޝާالله އަޅުގަނޑުގެ ރަށުންވެސް އިތުރު ބައިވަރު ހާފިޡުން އުފެދުމުގެ ފުރުޞަތު އެބައޮތްކަަމުގެ ފޮނި އިހްސާސް ކުރެވުނު.“ ދަރިފުޅު ހާފިޒަކަށް ވުމުން ރަށުން ކީ މަރުހަބާއަށް ޝުކުރުއަދާކޮށް ޒަލަފްގެ ބައްޕަ ބުނެފައިވެއެވެ. 

މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް

ޒަލަފަށް މަރުހަބާ ކިޔުމަށް ބޭއްވުނު ރަސްމިއްޔާތަށް ފަހުގައި، މަހިބަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ އޭނާގެ އާއިލާއަށް ޚާއްސަ ކެއުމެއް ދީފައެވެ. 

އަދި ރަސްމިއްޔާތު ނިމުމަށް ފަހުގައިވެސް އެކިއެކި ފަރާތްތަކުން ވަނީ ޒަލަފަށް ފައިސާގެ އިނާމާއި ހަދިޔާ ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.