ސިނެޓެކްސް ޓީމް
ހަބަރު
14 Jan 2025 | 18:15
ޤަތަރުގައި ބާއްވާ ވެބްސަމިޓުގައި ރާއްޖޭގެ ސިނެޓެކްސް ތަމްސީލްކުރަނީ!

ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަލްފާ ވެބް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޓެކް ކުންފުންޏެއް ކަމަށްވާ ސިނެޓެކްސްއަށް ލިބިއްޖެއެވެ.

ކުރިއަށްއޮތް ފެބުރުއަރީމަހުގެ 22 ހުން 26 ގެ ނިޔަލަށް ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ މި ވެބްސަމިޓަށް ސިނެޓެކްސްއަށް ފުރުސަތު ލިބިފައިވާއިރު، މިއީ ރާއްޖޭގެ ކުންފުންޏަކަށް މި ޕްރޮގްރާމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މި ވެބް ޕްރޮގްރާމުން ސިނެޓެކްސްއަށް ފުރުސަތު ލިބިފައިވަނީ، އިންތިޒާމްކުރާ ފަރާތުން ކުރިއަށްގެންދިޔަ އިވެލުއޭޝަން މަރުހަލާގެ ތެރެއިން އެކުންފުނީގެ ހުށަހެޅުމުގެ ފެންވަރަށް ބެލުމަށްފަހުއެވެ.

ސިނެޓެކްސްއިން ބުނީ އެކުންފުނީގެ އަމާޒަކީ 1.2 ބިލިއަން މީހުނަށް ބަހުގެ މުއާމަލާތްކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތްކޮށް ބަހުގެ އަހުލުވެރިންނަށް އެމީހުންގެ އަސްލާއި ސަގާފަތް ރައްކައުތެރިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ދިރުންހުރި ރަށްވެހި ޑިޖިޓަލް އިޤްތިސާދެއް ބިނާކުރުމަކީވެސް އެކުންފުނީގެ ތަސައްވަރުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއ ްކަމަށެވެ.

ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވެބް ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާ ގުޅިގެން އެކަން ފާހަގަކުރައްވައި ސިނެޓެކްސްގެ ސީއީއޯ އިސްމާޢީލް ކަލީމް ވިދާޅުވީ، އެލްފާ ޕްރޮގްރާމަށްހޮވުމަކީ އެ ޕްރޮގްރާމުގެ ތެރެއިން ސިނެޓެކްސްއަށާއި، ދިވެހިރާއްޖޭގެ ޓެކް އިކޯސިސްޓަމަށް މިހާތަނަށް ނުލިބޭފަދަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ އެފަދަ ބޮޑު ޕްލެޓްފޯމެއްގައި ވާދަކޮށްލަން ފުރުސަތު ލިބިގެންދިއުމަކީ ސިނެޓެކްސްގެ އުފެއްދުންތައް ދައްކާލުމަށް ލިބިގެންދާނޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް ކަލީމް ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބައިނަލްއަޤްވާމީ ޓެކް އިންޑަރސްޓްރީގެ ފަރާތްތަކާއި ބައްދަލުވެ، ވަރަށްރަނގަޅު ގުޅުންތަކެއް ގާއިމްކުރެވިގެންދާނޭކަމަށްވެސް ސިނެޓެކްސްއިްނ ދެކެއެވެ. ސިނެޓެކްސްއަކީ ބަދަލުވެކުރިއަރަމުންދާ ޓެކްނޮލޮޖީ ދުނިޔޭގެ ފަސޭހަކަން ދިވެހިންނަށް ގެނެސްދިނުމުގައި އެފަދަ ދެވަނައެއްނެތް ކުންފުންޏެކެވެ.

ސިނެޓެކްސްގެ ފާހަގަކޮށްލެވޭ އުފެއްދުންތަކުގެ ތެރޭގައި އޭއައި އެޕްލިކޭޝަނެއްކަމަށްވާ "ތާނައޭއައި" ފާހަގަކޮށްލެވެއެވެ. އެ އެޕްލިކޭޝަނަކީ ފަސޭހަކަމާއެކު ދިވެހިބަހުން މަޒުމޫނާއި، ސިޓީއާއި ވާހަކަ އަދި ހުލާސާ ލިޔުންތައް ތައްޔާރުކޮށްލެވޭ އެޕްލިކޭޝަނެކެވެ. ސިނެޓެކްސް އިން ވަނީ މީގެކުރިން ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް އަދި ލިޔެފައި ހުންނަ ލިޔުންތައް ދައްކާ ވާހަކައަށް ބަދަލުކޮށްލުމުގެ ގާބިލްކަން ލިބިގެންވާ އެޕްލިކޭޝަނެއްވެސް ތައާރަފްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.