ހޯމް މިނިސްޓަރ އަލީ އިހްސާން: ފޮޓޯ/ ވޮއިސް
ހަބަރު
15 Jan 2025 | 11:04
ޑީއެންއާރު ބޭނުންކޮށްގެން 18 އަހަރު ފުރޭ ކޮންމެ މީހަކު ޕީއެންސީއަށް ވައްދަން އުޅޭ ވާހަކަ ދޮގުކޮށްފި

ޑީއެންއާރު ބޭނުންކޮށްގެން 18 އަހަރު ފުރޭ ކޮންމެ މީހަކު ޕީއެންސީއަށް ވައްދަން އުޅޭ ވާހަކަ, ހޯމް މިނިސްޓަރ އަލީ އިހްސާން ދޮގުކުރައްވައިފިއެވެ.

އެމްޑީޕީގެ ޑެިޕިޔުޓީ ޗެއަރ ޕާސަން އިބްރާޙީމް ވަހީދު އެކްސްގައި ކުރި ޕޯސްޓެއްގައި، އޭނާ ވަނީ، މިއަހަރު 18 އަހަރުފުރޭ ކުދިންގެ މައުލޫމާތު ⁦‪ޑީއެންއާރު އިން‬⁩ ހޯދައިގެން، ހޯމް މިނިސްޓަރ އިހުސާނުގެ ބެއްލެވުމުގެ ދަށުން އެކުދިންގެ ނަމުގައި ފޯމްތައް ފުރައި، 18 އަހަރު ވުމުން‬⁩ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ތައްޔާރުކޮށް ޕީއެންސީ އޮފީހުގައި ހުރިކަމަށް ތުހުމަތުކޮށްފައެވެ.

އެއަށް ރައްދު ދެއްވައި އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،  އެކަމަކީ ޚިޔާލަށްވެސް ނުގެންނަވާ ކަމެއް ކަމަށެވެ.

އަދި މީހުންގެ ބޮލުގަ މިފަދަ ބޮޑެތި ދޮގު ހަދައިގެން ކަންކަން އެޅުވުމަށްވުރެ، އެމްޑީޕީ ސިޔާސަތުތަކުގެ ރަނގަޅުވާހަކަ ދެއްކެވުމަށް ވަގުތު ހޭދަކުރުން މާ ރަނގަޅުވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

މަނިކުފާނުގެ ސަރުކާރުގަ މިކަން ކުރައްވަން މަނިކުފާނު ވިސްނެވީތޯ؟ ހަމަޔަގީނުންވެސް އަޅުގަނޑު މިހާތަނަށް ޚިޔާލަށްވެސް ނުގެންނަކަމެއްގެ ވާހަކަ ތިޔަ ވިދާޅުވީ. ތިބޭފުޅުން ތި ދައްކަވާ ކޮންމެ ދޮގުވާހަކައަކަށް ޖަވާބުދޭނެ ވަގުތު ނުވަތަ ފުރުސަތު އެމީހަކަށް ނުލިބިވެސްދާނެ. މީހުންގެ ބޮލުގަ މިފަދަ ބޮޑެތި ދޮގު ހަދައިގެން ކަންކަން އެޅުވުމަށްވުރެ ތިބޭފުޅުންގެ ސިޔާސަތުތަކުގެ ރަނގަޅުވާހަކަ ދެއްކެވުމަށް ވަގުތު ހޭދަކުރުން ރަނގަޅުވާނެ.

ވަޒީރު އިހްސާން

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން، ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކު ހިންގި "މެމްބަރޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅި ގިނަ ފޯމުތަކެއް ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު އޭގައި ސައްހަ ނޫން ފޯމުތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ޕީއެންސީން އިއްޔެ ވަނީ ބުނެފައެވެ. 

އަދި ސައްހަ ނޫން ފޯމެއް މެދުވެރިކޮށް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ ޕާޓީގެ ރަސްމީ މެއިލްކަމަށްވާ [email protected] އަށް އީމެއިލް ކުރުމަށް އެ ޕާޓީން ވަނީ އެދިފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.