ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ.. ފޮޓޯ: އެރެބް ނިއުސް
ހަބަރު
15 Jan 2025 | 13:00
އާސަންދައިގެ ދަށުން މިހާރު ދުބާއީގެ، ބުރްޖީލް މެޑިކަލް ސިޓީން ކިޑްނީ ބަދަލުކުރެވޭނެ!

އާސަންދައިގެ ދަށުން ދުބާއީގެ ބުރުޖީލް މެޑިކަލް ސިޓީން، ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އަސަންދައިގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ދުބާއީ އާއި ތައިލެންޑުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ލިބޭގޮތް ހަމަޖެއްސުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސަތެކެވެ. މިކަމާ ގުޅޭގޮތުން މިއަދު އާސަންދައިން ބުނީ، ދުބާއީ އާއި ތައިލެންޑްގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތްދިނުމަށް ކުރަމުންދިޔަ މަސައްކަތުގެ ދަށުން، މިހާރު އެ ދެ ޤައުމަށް އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. 

އާސަންދަ ކުންފުނިން ވަނީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީއާއެކު އާސަންދައިގެ ހިދުމަތް ދިވެހިންނަށް ދިނުމުގެ ގޮތުން މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލަށް މީހުން ފޮނުވުމުގައި އާސަންދައިން މިވަގުތަށް ހާއްސަ ކޮށްފައިވަނީ ކިޑްނީ ބަދަލުކުރަންޖެހިފައިވާ މީހުންނަށެވެ. 

މިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އާސަންދައިގެން މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދަ މެދުވެރިކޮށް ދުބާއީގެ ބުރުޖީލް މެޑިކަލް ސިޓީން ކިޑްނީ ބަދަލުކުރަންޖެހޭ ފަރާތްތަކަށް މިހާރު އޮޕަރޭޝަން ކުރެވޭނޭކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކުން އާސަންދައަށް އެދި ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން އެކަންކުރެވިގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ އިސްކަންދޭނީ އާއިލާގެ ތެރެއިން ކިޑްނީ ނުލިބި ބަލީގައި ގިނަދުވަސްވެފައިވާ ފަރާތްތައްކަމަށް ޒީނިއާ ފާހަގަކުރެއްވިއެވެ. އެއަށްފަހު ދެން އެންމެބޮޑަށް އިސްކަންދިނުމަށް ހަމަޖެހިފައިވަނީ ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށެވެ. 

އާސަންދައިގެ ހިދުމަތް މިހާރު ލިބެމުން އަންނަ އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކުގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ވެއްޖެނަމަ އެ ޑޯނަރު ވާންޖެހެނީ ބަލިމީހާގެ އާއިލާގެ މީހަކަށެވެ. ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީން ޑޯނަރުންގެ ގޮތުގައި ބަލިމީހާގެ އާއިލާއާ ގާތްމީހުންގެ އިތުރުން އެޤައުމަށް ނިސްބަތްވާ މުސްލިމެއް ހަމަޖެހުނު ނަމަވެސް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަލިބޭގޮތަށް އޮތުމަކީ، އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ލިބޭގޮތަށް ހަމަޖައްސަން ޖެހުނު އެއް ސަބަބުކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ތައިލެންޑް އަދި ދުބާއީއަށް ބަލިމީހުން ފޮނުވާނީ ވަކި ސިލެކްޝަނެއް ހަދައިގެން ނޫންކަމަށެވެ. އެގޮތުން އާސަންދައިގެ ދަށުން ބޭރަށްދިއުމަށް އެދި ހުށަހެޅުމުން ޑޮކްޓަރުން އެކަން ބެއްލެވުމަށްފަހު އެބޭފުޅުން ކަނޑައަޅާ ގޮތެއްގެ މަތިން، މީގެ ކުރިންވެސް އެކަންކުރި އުސޫލުގެ މަތިން ބަލިމީހުން ބޭރަށް ފޮނުވަމުންދާނޭކަމަށް ހީނާ ފާހަގަކުރެއްވިއެވެ.

އާސަންދއިގެ ދަށުން ތައިލެންޑަށް ބޭސްފަރުވާގެ ކަންކަމުގައި ފޮނުވުމަށް އިސްކަންދިނުމަށް ނިންމާފައިވަނީ، ގިނަ ދުވަސްވަންދެން އެ ބައްޔަކަށް ފަރުވާކުރަމުންދާ މިހާތަނަށް އަލިމަގެއް ނުފެންނަ ފަރާތްތަކެވެ. ތައިލެންޑް އަދި ޔޫއޭއީއަށް އާސަންދައިގެ ދަށުން ބޭސްފަރުވާ ހޯދަމަށްދާ މީހާގެ ހަރަދުތައް އާސަންދައިން ކަވަރކުރާ އުސޫލުން ބަލިމީހާގެ އެހީތެރިޔާގެ ގޮތުގައި ދާފަރާތުގެ ޓިކެޓާއި އިތުރު ހަރަދުތައް އެދިއްޖެ ހިނދެއްގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ލިބެމުންދާނޭކަމަށް އާސަންދައިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.