ރަށު އެކްސްޕޯ
ހަބަރު
15 Jan 2025 | 14:24
ރަށު އެކްސްޕޯގައި ބައިވެރިވާންވީ ކީއްވެ؟

ދިވެހިރާއްޖެއަށް ބަލާއިރު، އިގްތިސާދުގައި މިހާރު އެންމެބޮޑަށް ފުޅާވަމުން އަންނަ އެއް ދާއިރާއަކީ ލޯކަލް ޓޫރިޒަމެވެ. މީގެކުރިން ދިވެހިރާއްޖެއަށް ތައާރަފްވި ފަތުރުވެރިކަމުގެ ސިނާއަތުގައި ނަންހިނގަމުންއައި މައިގަނޑު ވިޔަފާރިތަކަކީ ޓޫރިސްޓް ރިސޯޓްތަކާއި  ސަފާރީތަކުގެ އިތުރުން ހޮޓާތަކެވެ. ނަމަވެސް މިއަދު ޓޫރިޒަމް ވިޔަފާރީގައި އެންމެބޮޑަށް ކުރިއަރައިގެން އަންނަނީ ލޯކަލް ޓޫރިޒަމްގެ ގޮތުގައި ގެސްޓްހައުސް ވިޔަފާރިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލައިރު، ރާއްޖޭގައި ލޯކަލް ޓޫރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އަހަރަކަށްވުރެ އަހަރެއް އަންނަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ. މިގޮތުން 2024 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ 929 ގެސްޓްހައުސް އެބަހުއްޓެވެ. އެތަންތަނުގައި 15 ހާހަށްވުރެ ގިނަ އެނދު އެބަހުއްޓެވެ.

ރަށު އެކްސްޕޯ 2025

މާކެޓިން ފާމެއްކަމަށްވާ ދަ ތްރެވަލް ގައިޒްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ތައްޔާރުވަމުންދާ، ރަށު އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ސަގާފަތާއި އެކިއެކި ހަރަކާތްތައް ދައްކުވައިދޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޒާމުކުރާ މިބާވަތުގެ ފުރަތަމަ އެކްސްޕޯއެވެ. "ރަށު އެކްސްޕޯ 2025" ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބުރުއަރީމަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

ރަށު އެކްސްޕޯގައި ބައިވެރިވާންވީ ކީއްވެ؟

ރާއްޖޭގައި ގެސްތްހައުސްގެ ވިޔަފާރިއަކީ މިހާރު އިގްތިސާދުގައި ކުރިއަރަމުން އަންނަ ވިޔަފާރިއެވެ. ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ގެސްޓްހައުސްތައް މާކެޓަށް ތައާރަފްވެއެވެ. ރަށު އެކްސްޕޯއަކީ ލޯކަލް ޓޫރިޒަމަށް ހާއްސަ އެކްސްޕޯއެއްކަމުން މި އެކްސްޕޯގައި ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން ބައިވެރިވެއެވެ. އެހެންކަމުން މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުން ރަށް އިޝްތިހާރުވެ، އެރަށެއް ގިނަ ބަޔަކަށް އެންގި ރަށަށް ޝައުގުވެރިކަން އުފެދިގެން ދިއުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.

މި އެކްސްޕޯ ތެރޭގައި ގެސްޓް ހައުސް އަދި އެހެނިހެން ލޯކަލް ޕެކޭޖްތައް ވިއްކާލުމުގެ ފުރުސަތު ލިބިގެންދާއިރު، އަތޮޅުތެރޭގެ ރަށްތަކުގެ މީރު އެކި އެކި ކެއުންތަށް ދައްކާލާ، އިޝްތިހާރުކުރެވި އަދި ވިއްކާލުމުގެ ފުރުސަތުވެސް ރަށު އެކްސްޕޯގެ ތެރެއިން ފަހިވެގެން ދެއެވެ.

ރަށު އެކްސްޕޯއަކީ ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޒިޔާރަތްކުރާ އިވެންޓެއްކަމުން މި އެކްސްޕޯގެ ތެރެއިން ވިޔަފާރި ފުޅާކުރުމަށް އެކި ފަރާތްތަކުގެ އެހީތެރިކަންލިބި ޝައުގުވެރިކަން އުފެދިގެން ދާނެއެވެ. ސަބަބަކީ މި އެކްސްޕޯއަށް އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާއި ގިނަ އަދަދެއްގެ އާއްމު ފަރާތްތަކުން ޒިޔާރަތް ކުރާނެތީއެވެ. މިކަމުގެ ސަބަބުން އެތައް ފުރުސަތުތަކެއް ފަހިވެ، އިގްތިސާދީގޮތުން ރަށަށް އެތައް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.