އުރީދޫ ކަލަންޑަރުގެ ހިމެނޭ ކެރެކްޓާތައް
ހަބަރު
15 Jan 2025 | 16:30
އުރީދޫ ކަލަންޑަރުން ޖެނުއަރީ: ފޫޅުދިގު ހަންޑިއާ ވާހަކަދައްކާލަމާ!

ކަލަންޑަރަކީ ހަމައެކަނި ތާރީހު ބެލުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އޮތްއޮތުން އުރީދޫއިން މިވަނީ ބަދަލުކޮށްލާފައެވެ. އުރީދޫއިން ނެރުނު މިއަހަރުގެ ކަލަންޑަރަކީ ހަމައެކަނި ތާރީހު ބަލާލުމަށް ނުވަތަ މޭޒުމަތި ފަޅުފިލުވާލަދިނުމަށް ބޭނުންކުރާ އެއްޗެއްގެ ބަދަލުގައި އެއަށްވުރެ މާ ފުޅާދާއިރާއެއްގައި ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ކަލަންޑަރެކެވެ. 

އުރީދޫއިން ނެރުނު މިއަހަރުގެ ކަލަންޑަރު ފަރުމާކޮށްފައިވަނީ ދިވެހި ސަގާފަތުގައި ހިމެނޭ މަޝްހޫރު ބައެއް ވާހަކަތަކުގެ ކެރެކްޓަރތައް ހިމަނައިގެން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ކެރެކްޓަރތަކާ މުއާމަލާތްކޮށްލެވޭ ގޮތަށެވެ. އުރީދޫއިން ވަނީ ކަލަންޑަރުގައި ހިމެނޭ ކޮންމެ މަހަކަށް ކެރެކްޓާއެއް ހިމަނާފައެވެ. 

ފޫޅުދިގުހަންޑިއާ ވާހަކަދައްކާނީ ކިހިނެތް؟

އުރީދޫ ކަލަންޑަރުގެ ޖެނުއަރީމަހުގެ ޕޭޖްގައި އިންނަ ކިއުއާރުކޯޑް ސްކޭންކޮށްލުމާއެކު، ފޫޅުދިގުހަންޑިއާ ޗެޓްކޮށްލުމަށް ޗެޓް ބޮކްސްއަށް ޕޭޖަށް ދެވޭނެއެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް އުރީދޫއިން ގެނެސްދިން މި ހިދުމަތުގެ އެންމެ މުހިއްމު އެއްކަމަކީ ދިވެހިބަހުންވެސް ފޫޅުދިގުހަންޑިއާ ޗެޓްކޮށްލައި ބޭނުންވާ ސުވާލުތައް ކުރެވޭ ކަމެވެ. އުރީދޫއިން މި ހިދުމަތް ފައްކާކޮށްފައިވަނީ، ކުޑަކުދިންވެސް ނިކަން ޝައުގުވެރިވާ ގޮތަކަށެވެ. 

ފޫޅުދިގު ހަންޑިއާ ސުވާލުކުރުމުން ޖަވާބު އަންނަގޮތްވެސް ނިކަން ޝައުގުވެރިއެވެ. އުރީދޫއިން މި ޗެޓް ފަރުމާކޮށްފައިވަނީ، ހުރިހާ އުމުރުފުރައަކާވެސް ގުޅޭގޮތަށްކަން ފާހަގަކޮށްލެވެއެވެ.

ފޫޅުދިގު ހަންޑިއާ ކޮށްފައިވާ ޗެޓްގެ ސްކްރީންޝޮޓެއް...

އަހަރެމެންނަށް މިއޮއްހާދުވަހު އެނގިފައިއޮތްގޮތުން ފޫޅުދިގުހަންޑި މި ކެރެކްޓާއަކީ ފިރިހެނެކެވެ. ނަމަވެސް އުރީދޫ ކަލަންޑަރުގައި ފޫޅުދިގުހަންޑި ގެނެސްދީފައިވަނީ އަންހެނެއްގެ ގޮތުގައެވެ. އުރީދޫ ކަލަންޑަރުގައި ކެރެކްޓާތައް ހިމެނިއިރު، އެކުންފުނިންވަނީ، މިކަމާ ގުޅޭގޮތުން ކަމާބެހޭ އެކި ދާއިރާތަކުގެ މީހުންގެ ވާހަކަތަކާއި ތާރީހީ ވާހަކަތައް ނިކަން ރަނގަޅަށް ދިރާސާކޮށްފައެވެ.

އުރީދޫ ކަލަންޑަރުގައި ހިމެނޭ ކެރެކްޓާތަކުގެ ތެރޭގައި، މާކުންބެ، ހަންޑިގަނޑުވަރު ދޮންކަމަނަ، ސަންތިމަރިޔަނބު، އޮޑިތާން ކަލޭގެ، ބަޑިއެދުރު އަދި ސަފަރުކަތްދަ ފާހަގަކޮށްލެވެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.