ކުރީގެ ރައީސް މުޙައްމަދު ނަޝީދު--
ހަބަރު
22 Jan 2025 | 09:57
މޫސުމީ ބަދަލުތަކުން ކުރާ އަސަރު ބެއްލެވުމަށް ރާއްޖެ ވަޑައިގަންނަވަން ޓްރަމްޕަށް ދައުވަތުދީފި

ރާއްޖެ ފަދަ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބައްލަވައިލެއްވުމަށް ރާއްޖެ އަށް ވަޑައިގަތުމަށް އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕަށް، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.

ރައީސް ނަޝީދު ޓްރަމްޕަށް ދައުވަތުދީފައިވަނީ އެމެރިކާގެ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރެއްވުމާއިގުޅިގެން ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލް ގެ ހައިސިއްޔަތުން ނެރުނު ސްޓޭޓްމެންޓެއްގައެވެ.

މިގޮތުން، ޓްރަމްޕްގެ ވެރިކަމަށް މަރުހަބާ ވިދާޅުވެ އެކުގައި މަސައްކަތްކުރަން ބޭނުންފުޅުވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އެންމެ ފުރަތަމަ ވެސް  ޓްރަމްޕްގެ ސަރުކާރުން އެޅި ފިޔަވަޅަކީ ޕެރިސް އެގްރީމެންޓުން ވަކިވުންކަމަށްވާތީ އެކަމާއި ހިތާމަކުރައްވާކަމަށެވެ.

މި އެގްރީމެންޓަކީ ދުނިޔޭގެ ހޫނުމިން މަތިވުން ކޮންޓްރޯލް ކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރުމަށް 2015 ވަނައަރު ފްރާންސްގެ ވެރިރަށް، ޕެރިހުގައި ގައުމުތަކުން ވެފައިވާ އެއްބަސްވުމެކެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި އެގްރީމެންޓުގައި ހިމެނޭ 70 މެމްބަރުންނަށް މި އެގްރީމެންޓަކީ ވަރަށް ލިބިދޭ އުންމީދެއްކަމަށާއި، މިއީ ބޮޑެތި ގައުމުތަކުން ތިމާވެއްޓަށް ދެމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް އެކަށައަޅާފައިވާ އެގްރިމެންޓެއްކަމަށެވެ. އަދި ދިމާވާ މޫސުމީ ކާރިސާތަކުގައި ގައުމުތަކަށް އެންމެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.

މިއާއިއެކު، ރައީސް ނަޝީދު ވަނީ ގަނޑުފެން ވިރުމާއި، އިންތިހާއަށް ހޫނުވުމާއި، ކޮޅިގަނޑުތަކުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރު ބެއްލެވުމަށް އެމަނިކުފާނު އަމިއްލަ ގައުމު، ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް އެމެރިކާގެ ރައީސް އަށް ދައުވަތުދެއްވާފައެވެ.

ރައީސް ނަޝީދުގެ ސްޓޭޓްމަންޓްގައި އެބޭފުޅާ ވަނީ އެންމެން ގުޅިގެން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި، އެމެރިކާއިން އަލުން ޕެރިސް އެގްރިމެންޓުގައި އަލުން ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.