ރައީސް ހުޅުދުއްފާރަށް ވަޑައިގެންނެވުމުން އެ ރަށުން ރައީސަށް މަރުހަބާ ދަންނަވަނީ. (ފޮޓޯ/ ރައީސް އޮފީސް)
ހަބަރު
22 Jan 2025 | 11:49
ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަޝްރޫޢު ސެޕްޓެމްބަރު މަހަށް ނިންމާނަން: ރައީސް މުޢިއްޒު

ސްކޫލުތައް ފިނިކުރުމަށް ފަށާފައިވާ ”ކޫލް ސްކޫލް“ މަޝްރޫޢުގެ ދަށުން، އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު ބޭނުންކޮށްގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރ.ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހޫނުގަދަ ރަށްރަށުގައި ސްކޫލްތައް ފިނިކުރެވެންޖެހޭކަމަށާއި، އެކަމަށް މަޝްރޫޢެއް ފަށްޓަވާފައިވާ ކަމަށެވެ.

"ކްލާސްރޫމްތައް ރާއްޖޭގެ ހުރިހާ ކްލާސްރޫމްތަކެއް ފިނިކޮށްދިނުމަށް ފުރަތަމަ އަޅުގަނޑުމެން އިސްކަންދޭނީ މުޅި ސްކޫލްގެ ހުރިހާ ތަންތަނަށް ވުރެ ފުރަތަމަ ކިޔަވައިދޭން ބޭނުންކުރާ ކްލާސްރޫމް ފިނިކޮށްދޭން. އޭސީ ހަރުކުރުމާ އަދި އެއަށް ބޭނުންވާ ޕަވާ ރިނިއުބަލް އެނާޖީގެ ތެރެއިން ސޯލާ ޕަވާގެ ތެރެއިން ކޮށްދިނުން. އެ މަޝްރޫއު ކުރިއަށް ގެންދަން،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އަދި އެ މަޝްރޫޢު ހިންގާނީ އިއާދަކުރަނިވި ހަކަތައިންކަމަށާ، މިއަހަރުތެރޭގައި ހުޅުދުއްފާރު ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރައްވާނެކަމަށެވެ.

"އެ މަޝްރޫއު މިހާރު ވެސް ފެށި، އެ ކަމަށް ބޭނުންވާ ކަންކަން ހަމަޖެހިގެން ގޮސް، ވަރަށް ރަނގަޅު ހިސާބަކަށް އޮތީ ގެންދެވިފައި. އެހެންވީމަ، މިއަހަރުގައި ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މި ރަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިއާދަކުރަނިވި ހަކަތައިގެ ބޭނުންކޮށްގެން އޭސީކޮށްދީ، ފިނިކޮށްދޭނަން…އަޅުގަނޑުމެން ބޮޑަށް މި އަމާޒުކުރަނީ ވެސް ވީހާ ވެސް އަވަހަކަށް، ސެޕްޓެމްބަރު މަހާ ހަމައަށް ދާން ވާއިރަށް ވެސް ނިންމާލެވޭތޯ. އެއީ ހައެއްކަ މަސްދުވަސް، އަށެއްކަ މަސްދުވަސް ބޭނުންވާނެ މުޅި ރާއްޖެ އެއްކޮށް ނިންމާލަން. އެގޮތަށް އެކަން ކުރިއަށްގެންދާ ވާހަކަ ދަންނަވާލަން."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ހުޅުދުއްފާރު ސްކޫލުގެ ޖާގައިގެ މައްސަލައަށްވެސް ހައްލު ބޭނުންވާކަމަށާ އަދި އެ ސްކޫލަށް ޖާގަ އިތުރުކުރުމަށް ފަށާފައިވާ މަޝްރޫޢު ކުރިއަށް ނުގޮސްއޮތުމުގެ ކަންބޮޑުވެލައްވާ ކަމަށެވެ. އެހެންކަމުން، އެރަށު ސްކޫލަށް 12 ކްލާސް ރޫމް އިތުރުކުރުމުގެ މަޝްރޫޢު ކޮންޓްރެކްޓަރަށް ކުރިއަށް ގެންދެވޭނެގޮތް ހަދައި އެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ސިޔާސަތަކީ ޢިމާރާތެއްގެ އިތުރުން ޤައުމަށް ތަރައްޤީ ގެނެވޭނީ ޒުވާން ޖީލަށް ތައުލީމާއި ތަރުބިއްޔަތު ދީގެން. އެހެންކަމުން ސްކޫލަށް ވަސީލަތް ހޯދައިދިނުމަކީ ވަށައިޖެހޭ ތަރައްޤީ. ހިތްހަމަ ޖެހޭ މާހައުލެއް ޤާއިމްކުރުމަކީ އޭގެ އުފާވެރިކަން ލިބޭނެކަމެއް. އެހެންކަމުން ސްކޫލަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާއި އެނޫންވެސް ވަސީލަތް ޤާއިމްކޮށް ތަޢުލީމީ ދާއިރާއަށް އަޅުގަނޑު ވަރަށް އިސްކަންދެން އިރާދަކުރެއްވިއްޔާ އެކަންކަންވާނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ފަށާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުގައެވެ. އެގޮތުން އެންމެ ފުރަތަމަ އޭސީ ކުރެވިގެން ދިޔައީ މާފުށީ ސްކޫލެވެ. މާފުށީ ކައުންސިލުން ވަނީ މި ޕްރޮޖެކްޓްގެ ފޭސް 1 ގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިކަން ދެއްވާފައެވެ. އަދި މި ޕްރޮޖެކްޓްގެ ފޭސް 2 ގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތަ ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ޚަރަދު ކުޑަވެގެންދާނެއެވެ.

ކޮމެންޓް
ޒޫމަލް
އިލްމް ހާސިލް ކުރާ ތަން ތަން ފެންވަރު ރަނގަޅު ކުރުން އެއާ ވަރަށް ހެޔޮ ވިސްނުންފުޅެއް
26 Jan 2025
ގުޅޭ ލިޔުންތައް
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
15 Jul 2026
ދައުލަތުގެ އިނާމަށް 66 ބޭފުޅުން
މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން ޝަރުޠު ފުރިހަމަވި ބޭފުޅުންނަށް މި އިނާމު ދެއްވާނެއެވެ.