އިންޑިއާ މިލިޓަރީ ސިފައިން.. ފޮޓޯ: އައިއޭއެންއެސް
ހަބަރު
22 Jan 2025 | 22:12
އިންޑިއާގައި އުފައްދާ ރައިފަލް ނޭޕާލަށް ދެނީ!

ނޭޕާލުގެ އަސްކަރިއްޔާގެ ސިފައިން ބޭނުންކުރާ ޕްރައިމަރީ ހަތިޔާރެއްގެ ގޮތުގައި އޭކޭ-203 މަރުކާގެ ރައިފަލް ބޭނުންކުރުމަށް އިންޑިއާއިން ހުށަހަޅައިފިއެވެ.

އޭކޭ-203 އަކީ އިންޑިއާއާއި ރަޝިޔާ ގުޅިގެން ޑިޒައިންކޮށް، އިންޑިއާގައި އުފައްދާ ބަޑިއެކެވެ. މިހާރުވެސް ނޭޕާލުގެ އަސްކަރިއްޔާއިން ބޭނުންކުރަނީ އިންޑިއާއިން ސަޕްލައިކޮށްދޭ އިންސަސް މަރުކާގެ ބަޑިއެވެ. މި ވައްތަރުގެ ބަޑި އިންޑިއާގެ އަސްކަރިއްޔާއިންވެސް ބޭނުންކުރާއިރު، އިންޑިއާގެ އަސްކަރިއްޔާއިންވެސް މިހާރު ދަނީ އޭކޭ-203 އަށް ބަދަލުކުރަމުންނެވެ.

އޭކޭ-203 އަކީ މިހާރު ބޭނުންކުރާ ބަޑިތަކަށްވުރެ އިތުބާރު ހިފޭ، ވަރުގަދަ އަދި ގިނަ މާހައުލުތަކުގައި މައްސަލައެއް ނުޖެހި ބޭނުންކުރެވޭ ބަޑިއެކެވެ.

އިންޑިއާގައި އުފެއްދި އާ ބަޑިއެއް ނޭޕާލަށް ސަޕްލައިކުރުމަށް އިންޑިއާއިން ނިންމީ، އެގައުމުގެ އަމިއްލަ އުފެއްދުންތަކަށް އިތުރު މާކެޓް ހޯދައި، ސަރަހައްދީ ގައުމުތަކުން ޗައިނާގެ ހަތިޔާރުތަކަށް ބަރޯސާވިޔަ ނުދިނުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.