މީގެ ކުރިން މުމްބައި އެއާޕޯޓުން ހޯދާފައިވާ ރަން
ދުނިޔެ
26 Jan 2025 | 09:56
ރާއްޖޭން މުމްބާއީއަށް ދިޔަ ފްލައިޓެއްގެ ފާހާނާއިން 3.7 މިލިއަން ރުފިޔާގެ ރަން ހޯދައިފި

ރާއްޖެއިން މުމްބާއީއަށް ދިޔަ ފްލައިޓެއްގެ ފާހާނާއިން 3.7 މިލިއަން ރުފިޔާގެ ރަން ހޯދައިފިއެވެ. 

އިންޑިޔާގެ ކަސްޓަމްސްގެ އެއަރ އިންޓެލިޖެންސް ޔުނިޓުން (އޭއައިޔޫ) މި މައްސަލައާ ގުޅިގެން 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. ކަރުނާޓަކާގެ އިނާމުލް ހަސަން ކަމަށް ބުނެވޭ މި މީހާ ވަނީ މަތިންދާބޯޓުގެ ފާހާނާގައި ރަން ފޮރުވާފައެވެ. އަދި މި ވިޔަފާރީގައި އެއަރޕޯޓުގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ބައިވެރިވެފައިވާކަމަށް އޮފިޝަލުން ޝައްކުކުރެއެވެ.

އިންޑިޔާގެ ކަސްޓަމްސްގެ މަސްދަރުތަކުން ބުނާ ގޮތުގައި، މިކަމެއް ހިނގާފައިވަނީ މީގެ ތިން ހަފްތާކުރިންނެވެ.

އެގޮތުން ކަސްޓަމްސްގެ ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން މާލެއިން މުމްބާއީއަށް ދިޔަ ފްލައިޓެއް ބަލައި ފާސްކުރުމުން، ފާހާނާގެ ބައްތީގެ ޕެނަލްގައި ފޮރުވާފައިވާ 13 ޕައުޗް ރަން ފެނިފައިވެއެވެ. އަދި އޭގެ ތުހުމަތުގައި ހަސަން ވަނީ އެރައިވަލް ހޯލުން ހައްޔަރުކޮށްފައެވެ.

"ތަޙުޤީޤުގައި އޭނާ އެއްބަސްވެފައިވަނީ ރަން ފޮރުވީ މަތިންދާބޯޓުގެ ފާހާނާގައިކަމަށް،" ކަސްޓަމްސްގެ މަސްދަރަކުން ބުންޏެވެ.

އަދި މި މަސައްކަތުގައި ބައިވެރިވީ ފައިސާ ހޯދުމަށް ކަމަށް އޭނާ ބުނެފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިހާރު ކަސްޓަމްސްއިން ދަނީ ހަސަން ރަން ހޯދި ގޮތާއި އެ ރަން ލިބެންވީ ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިފަހުން، އިންޑިޔާގެ ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސްއިން ވަނީ މިފަދަ ވިޔަފާރިއެއްގައި ހަރަކާތްތެރިވާ ގްރޫޕެއް ހޯދާފައެވެ. މި ގްރޫޕުން ރަން އިންޑިޔާއަށް ގެންނަނީ ފަސިންޖަރުން މެދުވެރިކޮށެވެ. އަދި އިންޑިޔާއަށް އައުމަށްފަހު، މަތިންދާބޯޓުގެ ކުނި އުކާލާ ކާޓުގައި ރަން ފޮރުވުމަށްފަހު، އެހެން ފަރާތަކުން އެ ރަން ނަގައި، އަންހެނަކާ ހަވާލުކުރާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.