އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ
ހަބަރު
30 Jan 2025 | 10:11
ސަރުކާރަށް އަޑު އިއްވެން އޮތީ ހަމަ އެކަނި މަގުމައްޗަށް ނުކުމެ އަޑު އުފުލައިގެން: ޝާހިދު

މި ސަރުކާރަށް އަޑު އިއްވެން އޮތީ ހަމަ އެކަނި ނުކުމެ މަގުމަތީގައި މި އަޑު އުފުލައި ވަކާލާތުކޮށްގެން ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ޝާހިދު ވިދާޅުވީ، ފްލެޓާ ގުޅޭ މައްސަލަތަކުގައި ހަނުހުރުމަކީ ހައްލެއް ނޫންކަމަށާއި، ފްލެޓަކީ ރައްޔިތުންގެ ހައްގަކަށްވާއިރު، ސަރުކާރަށް ޝަރުއީ ހުކުމެއް ނެތި ފްލެޓުތައް އަތުނުލެވޭނެކަމަށެވެ.

ރިސޯޓުތަކުގައި މަސައްކަތް މުވައްޒަފުން ގުދާރު ބިންދައިގެން މަސައްކަތް ކުރާއިރު، އެ މުވައްޒަފުންނަށް ޑޮލަރުން ލިބެމުން ދިޔަ ސާވިސް ޗާޖު ރުފިޔާ އަށް ބަދަލުކޮށްލީވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ތެރެއިން ކަމަށް ޝާހިދު ވިދާޅުވިއެވެ. 

"މި ސަރުކާރަށް އަޑު އިއްވެން އޮތީ ހަމަ އެކަނި ނުކުމެ މަގުމަތީގައި މި އަޑު އުފުލައިގެން. ވަކާލާތުކޮށްގެން. އެ ނޫން ގޮތަކަށް މި ސަރުކާރަކަށް އަޑު އިއްވޭނެ ގޮތެއް އޮތް ކަމަކަށް ނުފެނޭ،"

ޝާހިދު ވިދާޅުވިއެވެ.

މިއާއިއެކު ޝާހިދު ވަނީ އެންސްޕާ އާއި އާސަންދައިން ބޭސް ނުކުރެވޭ ފަރާތްތަކާއި ޓެކްސީ ލައިން ހެދުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށާއި، މަހުގެ އަގު ސަރުކާރުން ވައްޓާލުމަށް ފަހު ފައިސާ ނުދޭއިރު އެ ހައްގު ހޯދުމަށް މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުން ނުކުތުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
އަހުދުނާމާ
ކަލޭމެން ބޭނުންވަނީ ވެރިކަން އެއީ ހަމައެކަނި ބޭނުމަކީ. ބޮޑުންނައްވަނީ މިހާރު ލިބޭނެ މަގާމުތައް ބަހާނިންމާފާ މަގުމައްޗައް ނުކުންނަ މީހުންގެ ތެރޭން
30 Jan 2025
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ