ރައީސް ޑރ.މުޢިއްޒު، ހއ.މޮޅަދޫ ކައުންސިލާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Jan 2025 | 13:39
މޮޅަދޫގައި އައު ސިއްހީ މަރުކަޒެއް އަޅައިދޭން ކައުންސިލުން އެދިއްޖެ

ހއ.މޮޅަދޫއަށް އައު ސިއްހީ މަރުކަޒެއް ބޭނުންވާކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރައީސް ޑރ.މުޢިއްޒު މިހާރު ހއ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މޮޅަދޫއަށް ވަޑައިގެން މޮޅަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެެވެ.

މި ބައްދަލުވުމުގައި އެރަށުގެ ކައުންސިލުން ވަނީ  މޮޅަދޫ ކައުންސިލުން ވަނީ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މެދުކެނޑިފައިވުމާއި، ސްކޫލާއި ކައުންސިލް ޢިމާރާތުގެ ޖާގައިގެ ދަތިކަމުގެ އިތުރުން، ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައިގެ ކަންބޮޑުވުން ރައީސް ޑރ.މުޢިއްޒާއި ހިއްސާކުރައްވާފައެވެ.

މިއާއިއެކު އެރަށު ކައުންސިލުން ބުނީ، ޞިއްޙީ މަރުކަޒު މަރާމާތު ނުކުރެވި ގިނަ އަހަރުތަކެއް ފާއިތުވެ ގޮސްފައިވާކަން ފާހަގަކޮށް އެރަށު މުއައްސަސާތަކުން ވަނީ ރަށަށް އައު އައު ޞިއްޙީ މަރުކަޒެއްގެ ބޭނުންޖެހިފައިވާކަމަށާއި، އައު ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓަކާއި ކުޑަކުދިންގެ ޕާކެއްގެ އިތުރުން، ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ރަށުގައި ޤާއިމުކުރަން ބޭނުންވާކަމަށް ބުނެފައެވެ.

ރައީސް ޑރ.މުޢިއްޒު ވަނީ  ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، މި ބައްދަލުވުމުގައި ކައުންސިލާއި އ.ތމ. ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވަޒީރުން މެދުވެރިކޮށް ޙިއްޞާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ