އެމްޑީޕީ ހިނގާލުމުގެ ތެރެއިން
ހަބަރު
01 Feb 2025 | 00:29
އެމްޑީޕީން ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން ބޭއްވި ހިނގާލުން ސުލްހަވެރިކަމާއެކު ނިންމާލައިފި

އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން ބޭއްވި ހިނގާލުން ސުލްހަވެރިކަމާއެކު ނިންމާލައިފިއެވެ.

"ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި މި ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ 20:30 ހުން ފެށިގެން ގާތްގަނޑަކަށް 3 ގަޑިއިރެއްހާ އިރަށެވެ. ހިނގާލުން ފަށާފައިވަނީ ހެންވޭރު އާޓިފިޝަން ބީޗްކައިރިންނެވެ. މާލެ ވަށައިގެން އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުރިއަށްގެންދިޔަ މި ހިނގާލުމުގައި އެޕާޓީގެ ލީޑަރޝިޕުން ވަނީ ސަރުކާރުގެ ސިޔާސަތްތަކާ ގުޅޭގޮތުން ޝުއޫރުތައް ފާޅުކޮށްފައެވެ.

މި ހިނގާލުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އެތަކެއް ވައުދުތަކެއް ވެގެން ވެރިކަމަށް އައިނަމަވެސް ވައުދުތައް ފުއްދަމުން ގެންގޮސްފައި ނުވާކަމަށާއި، ކުރެވުނުހާވެސް ކަމަކީ ރައްޔިތުންނަށް އަނިޔާވެރިވުން ކަމަށެވެ. ޝާހިދު ވިދާޅުވީ ސަރުކާރުން ރައްޔިތުން ބިކަކޮށްލައިފި ކަމަށާއި، މިއީ ރައްޔިތުންނަށް ހެޔޮއެދޭނެ ސަރުކާރެއް ނޫންކަމަށެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ..

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ފައިސަލް ވިދާޅުވީ، ސަރުކާރުން ވެރިކަމަށް އައިސް ކަންކަން ކުރަމުން ގެންދަނީ އެއްވެސް އުސޫލެއްނެތި ހުދުމުހުތާރުކޮށްކަމަށެވެ. ސަރުކާރުން ޤާނޫނު އަސާސީ އިސްލާހުކުރި މައްސަލާގައި ފައްޔާޒް ވިދާޅުވީ ޤާނޫނު އަސާސީ ހިމާޔަތްކުރުމުގެ މިނިވަންކަން މިވަގުތު އޮތް ދައުލަތުގެ ހަމައެކަނި މުއައްސަސާއަކީ ސްޕްރީމްކޯޓުކަމަށް ވިދާޅުވެފައެވެ. ފައްޔާޒް ވަނީ ޤާނޫނު އަސާސީ ހިމާޔަތްކުރުމަށް ފަސްނުޖެހުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ގޮވާލާފައެވެ.

އެމްޑީޕީން މިރޭ ބޭއްވި ހިނގާލުމުގެ ތެރެއިން..

އެމްޑީޕީން ވަނީ ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހެޅި ބައެއް ކަންކަމަާ ދެކޮޅަށް ސްޕްރީމް ކޯޓަށް މައްސަލައެއް ވައްދާފައެވެ. 

އެމްޑީޕީން މިރޭ ކުރިއަށްގެންދިޔަ "ފުދިއްޖެ، ފުނޑިއްޖެ" ހިނގާލުމުގައި އެޕާޓީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ވާހަކަދައްކާފައިވާއިރު، ޖުމްލަގޮތެއްގައި ހުރިހާ ބޭފުޅުންވެސް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. މިރޭގެ ބޮޑު ހިނގާލުން ނިންމާލާފައިވަނީ އެއްވެސް ހަމަނުޖެހުމެއް ނުހިނގައި ވަރަށް އަމާން އޮމާންކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.