Advertisement

ގެއެއްގެ ފާރުވެއްޓި ދެ ކުއްޖަކަށް އަނިޔާވެއްޖެ

ފާރުވެއްޓުމުގެ ހާދިސާގެ ތެރެއިން.. ފޮޓޯ: އެންޑީއެމްއޭ

ނައިފަރުގައި ހަދަންފަށާފައިވާ އިމާރާތެއްގެ ފާރެއްވެއްޓި ކުޑަ ދެކުދިންނަށް އަނިޔާވެއްޖެއެވެ.

މިކަމެއް ހިނގާފައިވަނީ މިރޭގެ ވަގުތެއްގައި ވަރަށްބޮޑަށް ވައިގަދަވެގެންކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ. ވެއްޓުނީ ހަދަންފަށާފައިވާ އިމާރާތެއްގެ ފާރެވެ.

މި ހާދިސާގައި  ޅ.ނައިފަރު ވެލްކަމްގޭޓް ގޭގެ އެއްކޮޓަރި ދިރިނޫޅޭވޭ ވަރަށް ހަލާކުވެފައިހުރިކަމަށް ފުލުހުން ބުނެއެވެ.

Advertisement

ފާރު ވެއްޓުމުން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިގޮތުން މި މަސައްކަތް ކުރިއަށްދަނީ ނައިފަރު، ކައުންސިލްގެ އެހީތެރިކަމާއެކުގައިކަން އެންޑީއެމްއޭއިން ފާހަގަކުރިއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement