ފުވައްމުލަކް ފަރަށް އެރި ބާޖެއް... ފޮޓޯ: އީޕީއޭ
ހަބަރު
10 Feb 2025 | 15:22
ތިމާވެށީގެ މައްސަލަތަކުގައި ޖޫރިމަނާ ނުދައްކާ ކުންފުނިތަކުގެ ވިޔަފާރިތައް ހުއްޓުވަނީ!

ތިމާވެށީގެ މައްސަލަތަކުގައި ޖޫރިމަނާ ކުރާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލާގައި އެފަރާތްތަކުގެ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ވާހަކަތައް ފެށުމަށް ރައްޔިތުން މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާބެހޭ ކޮމިޓީގައި މިއަދު ވަނީ ތިމާވެށީގެ މައްސަލަތަކުގައި އީޕީއޭއިން ޖޫރިމަނާކުރުމުން އެކަމަށް ތަބާނުވެ ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ނިންމައި، އެފަރާތްތަކުގެ ވިޔަފާރިތައް ހުއްޓުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްގެންދިއުމަށް ފާސްކޮށްފައެވެ. މިއަދުގެ ބައްދަލުވުމުގައި މައްސަލަ ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވަނީ ތިމާވެށީގެ މައްސަލަތަކުގައި ޖޫރިމަނާކުރާ ކުންފުނިތަކުން ޖޫރިމަނާ ފައިސާ ނުދައްކަތީ އެކަމާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

މިގޮތުން އެފަދަ ކުންފުނިތައް ޖޫރިމަނާކުރުމުންވެސް ފައިސާ ނުދައްކައި ހިތުހުރިގޮތަކަށް ކަންކަން ކުރަމުންދަނީ މިކަމުގައި އީޕީއޭ އަދި ޓްރާންސްޕޯޓް މިނިސްޓްރީން އަދާކުރަންޖެހޭ ޒިއްމާތައް އަދާނުކުރާތީކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުސްތަފާ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުގައި މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކަކީ މިހާރުވެސް ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިތައް ކުރަމުން އަންނަ ކުންފުނިތައްކަން ފާހަގަކުރައްވާފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: މަޖިލިސް

މީގެ ތެރެއިން އިންޑިއާގެ އިންފްރާސްޓްރަކްޗާ ކުންފުނި، މޯހަން މުތާގެ މައްސަލަ މިސާލަކަށް ނަންގަވައި މުސްތަފާ ވިދާޅުވީ އެކުންފުނި ޖޫރިމަނާ ނުދެއްކުމުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިހާތަނަށް ކުރެވުނު ހަމަ އެއްވެސް ކަމެއް ނެތްކަމަށާއި، އެންމެ ކުޑަމިނުން ޗިޓް ރައްދުކުރަންދާނޭ އޮފީސް ހުންނަތަންވެސް ކަމާބެހޭ އިދާރާއަށް ނޭނގޭކަމަށެވެ. ނަމަވެސް އެކުންފުންޏަކީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގެނައުމުގެ އިތުރުންވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލާގައި ޓްރާންސްޕޯޓްގެ ވެރިން މަޖިލީހަށް ހާޒިރުކުރުމާއި، ވިޔަފާރިތައް ހުއްޓުވުމަށް ތިމާވެއްޓާބެހޭ ވުޒާރާއިން އިކޮނޮމިކް މިނިސްޓްރީއާ އެއްވެސް ކަހަލަ މުއާމަލާތެއް ކުރިތޯ ބެލުމަށް ނިންމާފައެވެ. 

ތިމާވެށީގެ މައްސަލަތަކުގައި ކުރާ ޖޫރިމަނާތައް ނުލިބޭ މައްސަލަ މިއަދުގެ ބައްދަލުވުމުގައި ވަރަށްބޮޑަށް ވަނީ ފާހަގަކޮށްފައެވެ. އީޕީއޭއިން މީގެކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބޯޓުތައް ފަރަށްއެރުން ފަދަ މައްސަލަތަކުގައި މިހާތަނަށް ކުރި ޖޫރިމަނާތަކުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބެއެވެ. މިގޮތުން ތިމާވެށީގެ މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ބިލިއަނެއްހާ ރުފިޔާ ހުރިކަމަށް މިދިޔަ އަހަރު އީޕީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.