އެސްޖޭއިން ފޭސް ދޭއްގައި އިމާރާތްކުރާ މިސްކިތް.. ފޮޓޯ: ވޮއިސް
ހަބަރު
10 Feb 2025 | 20:51
އެސްޖޭ ކުންފުނިން ފޭސް ދޭއްގައި އިމާރާތްކުރަމުންދާ މިސްކިތް ނިމޭނީ ޑިސެމްބަރުމަހު: އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ދެ މިސްކިތުގެ ތެރެއިން އެސްޖޭ ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުންދާ މިސްކިތް ނިމޭނެ ތާރީހަކީ މިއަހަރުގެ ޑިސެމްބަރުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުންދާ މިސްކިތްތައް މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ހިއްސާކުރި ލިއުމުގައިވާގޮތުން ހުޅުމާލެ ފޭސް ދޭއް ސަލާހުއްދީން ސްކޫލް ކައިރީހުރި މިސްކިތް ނިމޭނެ ތާރީހެއްގެ ގޮތުގައި ދީފައިވަނީ މިއަހަރުގެ ޑިސެމްބަރުމަހެވެ. މިހާރު ކުރިއަށްދަނީ އެ މިސްކިތުގެ ކޮންކްރިޓް އަރޗްތައް ހެދުމުގެ މަސައްކަތެވެ. އެސްޖޭ ކުންފުނިން އެ މިސްކިތުގެ މަސައްކަތް އަލުން ފަށާފައިވަނީ މީސްމީޑިއާގައި މިސްކިތް ނުނިމި ލަސްވަމުންދާ ވާހަކަތައް ދެކެވެން ފެށުމާ ގުޅިގެންކަން ފާހަގަކޮށްލެވެއެވެ. 

އިސްލާމިކް މިނިސްޓްރީގެ ޓީމުން މިދިޔަ އަހަރުގެ ނޮެމްބަރުމަހު މިސްކިތް އިމާރާތްކުރާ ސައިޓަށްގޮސް ބެލުމަށްފަހު އޭރު ބުނެފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާލެވޭނޭކަމަށް އެސްޖޭއިން ބުނެފައިވާކަމަށެވެ. ކުރިން އެ މިސްކިތުގެ މަސައްކަތް ލަސްވަމުންދާ މައްސަލާގައި އިސްލާމިކް މިނިސްޓްރީން މިދިޔަ 2023 ވަނަ އަހަރުގެ މާޗްމަހު ބުނެފައިވަނީ، މަސައްކަތް މަޑުޖެހުނީ ފައުންޑޭޝަން އެޅިފަހުން ބެންޗްމާކްތަކުގައި މައްސަލަތަކެއް ދިމާވެގެން ކަމަށެވެ.

އެސްޖޭ ކުންފުނިން ފޭސް ދޭއްގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ގޮސްފައިވާ ހިސާބު.. ފޮޓޯ: ވޮއިސް

އެޗްޑީސީން މައުލޫމާތުދޭގޮތުގައި މި މިސްކިތަކީ ހުޅުމާލޭގައި ބިނާކުރެވިގެންދާނެ ތަފާތު މިސްކިތެއް ކަމަށެވެ. އެގޮތުން މި މިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތައް އަރާ ފޭބުމުގައި ތޮއްޖެހުން ކުޑަވާނޭ ގޮތަށެވެ. މިސްކިތުގެ އެންމެ ހާއްސަ އެއްކަމަކީ، މިސްކިތް ފަރުމާކޮށްފައިވަނީ, ކޯޓްޔާޑް ސަރަހައްދުގައި މީހުންނަށް އިށިއިނދެވޭ ގޮތަށެވެ.

މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެސްޖޭއިން އެ މިސްކިތް ނިންމާގޮތަށް އޮތީ އަހަރުދުވަހުގެ ތެރޭގައެވެ. މިސްކިތުގައި އެއްފަހަރާ 1،400 މީހުންނަށް ނަމާދުކުރެވޭއިރު، މިސްކިތުގެ ބޭރާއެކު އެއްފަހަރާ 3،000 މީހުންނަށް ނަމާދުކުރެވޭނޭކަމަށް އިސްލާމިކް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުންދާ އިތުރު މިސްކިތްތަކަށް ބަލާއިރު، ޓަވަރު 16 ކައިރީ އިމާރާތްކުރަމުންދާ މިސްކިތް ނިމޭނޭ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މެއިމަހުގެ ތެރޭގައެވެ. މިހާރު އެ މިސްކިތުގެ ކުރިއަށްދަނީ ފިނިޝިން މަސައްކަތެވެ. ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުންދާ އިތުރު ތިން މިސްކިތެއް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނިމޭނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެ ތިން މިސްކިތަކީ ފެޑޯ ޕްރައިވެޓް ލިމިޓެޑުން ލޮޓް 20110 އިމާރާތްކުރަމުންދާ މިސްކިތާއި، ބެޗް ކުންފުނިން ލޮޓް 2215 ގައި އިމާރާތްކުރަމުންދާ މިސްކިތުގެ އިތުރުން ސަންފްރޮންޓުން އިމާރާތް ކުރަމުންދާ މިސްކިތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.