މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް:ފޮޓޯ/ މަޖިލިސް
ހަބަރު
11 Feb 2025 | 10:08
ހުޅުމާލޭގައި އަޅާ ކަންނެލި ޕެކިންގ ފެސިލިޓީގެ މަސައްކަތް މި އަހަރު ފަށައި އަންނަ އަހަރު ނިންމާލެވޭނެ: ޝިޔާމް

ހުޅުމާލޭގައި އެޅުމަށް މަސައްކަތް ކުރަމުންދާ ކަންނެލި ޕެކިންގ ފެލިޓީގެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި، ފެށިގެންދާނެ ކަމަށާ، އަދި އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދަށް މަތި ކުރެވޭނީ ކޮން އިރަކުންތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށެވެ. 

ކަނޑުއޮތް ގިރި އަކީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ސޮލޮޔުޝަނެއް ދިނުމަށްޓަކައި ހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކުރަމުންދިޔަ ބަނދަރެއް. އެހެން ނަމަވެސް އެ ބަދަރަކީ ހައްލު ނުލިބި އޮތް ބަނދަރެއް. މި ސަރުކާރުން ރައީސް މި ނިންމެވީ އަމާން ބަނދަރަކަށް ބޮޑުކަންނެލި ކިރުމަށް. އެއީ ހުޅުމާލޭ ބަނދަރު. ހުޅުމާލޭ ބަނދަރުގައި އެންމެ މަގަތުން އެ އޮތީ 25000 އަކަފޫޓުގެ ޖާގައެއް ބޮޑު ކަންނެލީ މަސްވެރިނަށް މަސް ޕެކް ކުރުމަށްޓަކައި، ކަނޑައެޅިފައި. 

މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް.

ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަންނެލި ޕެކިންގ ފެސިލިޓީއަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ މަޝްރޫއު ނިމުން، ބޭނުން އަގެއްގައި ކަންނެލި ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކައާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙީމް (ކުޑޫ) ވަނީ، ކަންނެލި ޕެކިން ފެސިލިޓީގެ މަސައްކަތް ފެށި އަދި އެކަން ނިމޭނެ އިރަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވާފައެވެ. 

"އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދެ މަހެއްގެ ތެރޭގައި އަޅުގަނޑުމެން އިއުލާންކުރާނަން. އިއުލާންކޮށް މަސައްކަތް އަޅުގަނޑުމެން މި އަންދާޒާކުރަނީ މިއަހަރުގެ މެދުތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށް. މިއީ އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީވެ އަޅުގަނޑުމެން މި އަންދާޒާކުރަނީ މިއަންނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް ނިންމާލެވޭނެކަމަށް. އެހިސާބުން ފެށިގެން އިރާދަކުރެއްވިއްޔާ ކަންނެލި މަސްވެރިންނަށް މިއޮތް ގޮންޖެހުމަށް ވަރަށް ބޮޑު ހައްލެއް މި ލިބިގެންދިޔައީ".

މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް.

މިއާއެކު ޝިޔާމް ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ އޮތީ މައިގަނޑު ދެ ކަނބޮޑުވުމެއްކަމަށެވެ.

އެއީ ތެޔޮ އެސްޓީއޯގެ ރޭޓުން ތެޔޮ ނުލިބޭ ނުލިބުމާއި، ޕެކް ކުރާނެ ފެސިލިޓީއެއް ނެތުންކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެސްޓީއޯގެ ރޭޓުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް ތެޔޮ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި އެތަނުން އެއް ކަންބޮޑުވުމަށް ނިމުމެއް ގެނެސްދެއްވާފައިވާއިރު، ހުޅުމާލޭގައި އަޅަން ނިންމާފައިވާ ޕެކިން ފެސިލިޓީ ނިމުމުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ އަނެއް ކަންބޮޑުވުމަށްވެސް ހައްލު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.