ފިލިޕީންސްގެ އާމްޑްފޯސްގެ ދެ އޮފިސަރަކު ކެނެޑާގެ މަނަވަރަކަށް ބަލަހައްޓައިގެން.. ފޮޓޯ: ފިލިޕީންސް އާމްޑްފޯސް
ހަބަރު
11 Feb 2025 | 19:47
ކެނެޑާއާއި ފިލިޕީންސް ގުޅިގެން ދެކުނު ޗައިނާ ކަނޑަށް ނިކުންނަނީ!

ކެނެޑާއާއި ފިލިޕީންސްގެ މެދުގައި ގާއިމްކުރާ އަސްކަރީ އެއްބަސްވުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، ދެގައުމުގެ ސިފައިން ގުޅިގެން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީނުތައް ބާއްވާނެކަމަށް ކެނެޑާއިން ބުނެފިއެވެ.

ކެނެޑާއިން ފިލިޕީންސްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހާޓްމަން ވިދާޅުވީ މި އެއްބަސްވުން މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާކަމަށެވެ. ކެނެޑާއަކީ ދެކުނު ޗައިނާ ކަނޑައަށް އަތްގަދަކުރުމަށް ޗައިނާއިން ގެންގުޅޭ ސިޔާސަތާ ދެކޮޅު ހަދާ ގައުމެކެވެ. އަދި އެގައުމުން ދަނީ ފިލިޕީންސްފަދަ އެކުވެރި ގައުމުތަކާއެކު ޕެސިފިކް ސަރަހައްދުގައި ކެނެޑާގެ ހަރަކާތްތައްވެސް އިތުރުކުރަމުންނެވެ.

މި އެއްބަސްވުމަކީ، ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ފިލިޕީންސްއާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، ފިލިޕީންސްއާއި ރަހުމަތްތެރި ގައުމުތަކާއެކު އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިންވެސް ބައެކެވެ. މި ހަފްތާގައި ކެނެޑާއާއެކު މުހިއްމު އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ކެނެޑާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްކަމަށްވާ އެޗް.އެމް.ސީ.އެސް އޮޓާވާ ވަނީ މެނީލާއަށް ގޮސްފައެވެ.

ފިލިޕީންސްއިން ވަނީ އެމެރިކާ، ޖަޕާން، ފަރާންސް އަދި އޮސްޓްރޭލިއާ އާއެކުވެސް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަސްކަރީ ތަމްރީނުތައް ބާއްވާފައެވެ. މީގެ ތެރެއިން ބައެއް ތަމްރީނުތައް ބޭއްވީ ދެކުނު ޗައިނާ ކަނޑުގެ ތެރޭގައެވެ. އެމައްސަލައިގައި ޗައިނާއިން އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ކެނެޑާއާއެކު ހަދާ އަސްކަރީ އެއްބަސްވުން ފައިނަލްވުމާ ގާތުގައިވާއިރު، ފިލިޕީންސްއިން ގެންދަނީ ނިއުޒިލޭންޑް އަދި ފްރާންސާއެކުވެސް މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.