ޣައްޒާ
ދުނިޔެ
13 Feb 2025 | 10:14
ޤަތުލް ޢާއްމު އަލުން ފަށާނެ ކަމުގެ އިންޒާރު އަނެއްކާވެސް އިސްރާއިލު ދީފި

ހަމާސްގެ ދަށުގައިވާ ގައިދީން ހޮނިހިރު ދުވަހުގެ ކުރީން މިނިވަން ނުކޮށްފި ނަމަ، އަލުން ޤަތުލު ޢާއްމު ފެށުމަށް އިސްރާއިލު ސިފައިން މިހާރުވެސް ތިބީ ތައްޔާރަށް ކަމަށް ބުނެފިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކުރިއަށް ދިޔަ ޤަތުލް އާއްމު ޖެނުއަރީ 19 ގައި މެދުކަނޑާލާފައިވާއިރު، އެއްބަސްވުމުގެ ދަށުން ހޮނިހިރު ދުވަހު އިސްރާއީލުގެ އިތުރު ތިން ގައިދީން ދޫކުރުމަށް ހަމާސްއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އިސްރާއީލުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ މި ހަފްތާގައި ރަހީނުން ދޫނުކުރާނެ ކަމަށް ހަމާސް އިން ވަނީ ފަހުން ބުނެފައެވެ. 

އެކަމާއި ގުޅިގެން އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނި ގޮތުގައި އެއްބަސްވުމުގެ މަގްސަދަކީ ޣައްޒާގައި ތިބި ރަހީނުން އަވަހަށް ދޫކުރުމެވެ. "ހަމާސްއިން ރަހީނުން ދޫކުރުން ހުއްޓާލައިފިނަމަ އެއްބަސްވުމެއް ނޯންނާނެ، އަދި ހަނގުރާމަ ފެށޭނެ،" އޭނާ ތެލްއަވީވްގައި ހުންނަ ދިފާއީ މައި މަރުކަޒުގައި ވާހަކަދައްކަމުން ބުންޏެވެ.

އަދި "އަލުން ފަށާ ހަނގުރާމަ" އަކީ މުޅިން ތަފާތު ގޮތަކަށް ކުރިއަށްދާނެ ހަނގުރާމައެއް ކަމަށާއި، އޭގެ ސަބަބުން ޓްރަމްޕްގެ ވިޝަން ޣައްޒާގައި ތަންފީޒުކުރެވޭނެ ކަމަށްވެސް ކަޓްޒް ބުންޏެވެ.

މި ހަފްތާގެ ހޮނިހިރު ދުވަހުގެ ސުންގަޑިއަށް އިތުރު އިސްރާއީލީ ގައިދީން ދޫކޮށްނުލައިފިނަމަ، ޣައްޒާ "ނަރަކައަކަށް" ހަދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.