ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) އާއިއެކު---ފޮޓޯ: ވައްޑެ
ހަބަރު
15 Feb 2025 | 11:40
ހިލޭ ޑިގްރީ ސްކީމްއަކީ ރައީސް ނަޝީދުގެ ވައުދެއް: ވައްޑޭ

ހިލޭ ޑިގްރީ ސްކީމްއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެެވެ.

ވައްޑެ މިގޮތަށް ވިދާޅުވީ އެކްސްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓްވީޓެއްގެ ރައްދުގައެވެ. 

މިކަމާއި ގުޅިގެން ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ނަޝީދު 2018 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯ އެކުލެވުމުގައި ހިލޭ ޑިގްރީ ޕްރޮގްރާމްވެސް މެނިފެސްޓޯގައި ޝާމިލުކުރަން އެދިވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިޙު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމަކީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެވުނު އެންމެ ފަޚުރުވެރިވާ އެއް ކަންތަކެވެ. ރައީސް ޞާލިޙު އިއްޔެ މިފަދައިން ވިދާޅުވީ އިއްޔެކީ އެ ޕްރޮގްރާމް ފެށުނުތާ 6 އަހަރު ފުރޭ ދުވަސް ކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ. 

ރައީސް ޞާލިހް ވިދާޅުވީ، އެ ޕްރޮގްރާމްގެ ސަބަބުން ހިލޭ ތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތު ހުޅުވިގެންދިޔަ ކަމަށެވެ. 

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ކުރީގެ ރައީސް ޞާލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު ފެށުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، އިސްލާމީ ޔުނިވަރސިޓީއާއި، އަމިއްލަ ކޮލެޖުތަކުން ކިޔެވުމުގެ ފުރުސަތު ލިބެއެވެ.

ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ހިލޭ ކޮށްފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ހަމަޖައްސާގޮތަށް ވަނީ މި ސްކީމްގައި ހިމަނާފައެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީ ހިލޭކޮށްދެނީ %40 އާއި %60އާ ދެމެދުގެ އަދަދުންނެވެ.

ކޮމެންޓް
ޢަލިއ
އަސްލު އޭގެ މިލްކުވެރިޔަކީ މައުމޫނު، އޭލެވެލް އެންމެ މޮޅު ދަރިވަރުންނަށް ދެއްވަން ފެއްޓެވި އެއްޗެއް އެއީ، ފަހުން ވަޑައިގެންނެވި ބޭފުޅުން އެ ތަރައްޤީކުރީ، އަސްލަކީ މައުމޫނު ހިލޭ ބޭސް ފަރުވާއަކީވެސް މައުމޫނު އޭރުކިޔަނީ މަދަނަ.
15 Feb 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.