އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ބައިވެރިން---ފޮޓޯ: އުރީދޫ
ވިޔަފާރި
15 Feb 2025 | 12:25
"އުރީދޫ ނޭޝަން ގޭމާސް ލޭންޑް"ގެ އަލްޓިމޭޓް ޕްލޭޔާ ހޮވުމުގެ ފުރުސަތު ހުޅުވާލައިފި

އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ގެ ބައިވެރިންގެ ތެރެއިން "އަލްޓިމޭޓް ޕްލޭޔާ" ހޮވުމުގެ ފުރުސަތު, މުބާރާތް އުރީދޫއިން އާންމުންނަށް ހުޅުވާލައިފިއެވެ. 

މިފަހަރުގެ "އަލްޓިމޭޓް ޕްލޭޔާ" މަގާމަށް 6 ކުޅުންތެރިން ނޮމިނޭޓްކޮށްފައިވާ ކަމަށް އުރިދޫ އިން ބުނެފައި ވެއެވެ. ހުރިހާ ގޭމްތައް ކުޅޭ ފަރާތްތަކުގެ ތެރެއިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ކަނޑައަޅާފައިވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މި ފައިސާގެ އިނާމް ރައްދު ކުރާނީ އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. 

މި މުބާރާތަށް ނޮމިނޭޓްވެ ވޯޓުދެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހައިޝަމް ވަހީދު، އަހުމަދު އަޒީން ނަޒީމް، ޒަމީލް ޒިހުނީ، ރާއިދު ހަސަން، އަހުމަދު މާހިލް އަދި ހަސަން ޝަމްހާން އެވެ. ވޯޓުދޭން ބޭނުންވާ ކުޅުންތެރިޔާގެ ނަން ކަނޑައެޅިފައިވާ ކީވަރޑް އާއެކު ލިޔުމަށްފަހު 9144495 ނަމްބަރަށް ފޮނުވުމުން ވޯޓް ދެވޭނެއެވެ. އެގޮތުން ފޮނުވާ ކޮންމެ އެސްއެމްއެސްއަކަށް 20 ލާރި ޗާޖްކުރާނެއެވެ.

އުރީދޫއިން ބުނީ ވޮޓު ދެވޭނީ ހަމައެކަނި އުރީދޫ ކަސްޓަމަރުންނަށް ކަމަށެވެ. ވޯޓުލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތިދުވަހުގެ ރޭ 11:59  އާ ހަމައަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.