ގާސިމް އިބްރާހިމް ކޮމެޓީ ބައްދަލްވުމެއްގައި
ހަބަރު
18 Feb 2025 | 18:10
ގެއްލުން ނުވާ ގޮތަށް ކާޑެއްދޫ އެއާޕޯޓް ދޫކޮށްލަން ތައްޔާރު: ގާސިމް

ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާ ނަމަވެސް ސަރުކާރުން ބޭނުންނަމަ އެއާޕޯޓްގެ ހިންގުމުން ވަކިވެ ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ވިލާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ. ވިލާގެ އިސްވެރިންނާއެެކު އެ ކޮމެޓީއަށް ގާސިމް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ އެއާޕޯޓާމެދު އޮތް ކަންބޮޑުވުންތަކާ ގުޅޭގޮތުން ޤާސިމްވަނީ ވާހަކަދައްކަވާފައެވެ.

ކާޑެއްދޫ އެއާޕޯޓަކީ ރާއްޖޭގައި މިހާރު ތަރައްޤީކޮށްފައިވާ އެއާޕޯތްތަކުގެ ތެރެއިން އެންމެ ނިކަމެތިކޮށް އޮތް އެއާޕޯޓެވެ. އެ އެއާޕޯޓްގެ ހިދުމަތްތައް ތަރައްގީ ނުކުރާތީއާ ހިދުމަތުގެ ފެންވަރު ދަށްކަމުން ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވެ އެވެ. ވިލާގެ ވެރީން މިއަދު ކޮމެޓީއަށް ހާޒިރު ކުރީ ވެސް ކާޑެއްދޫ އެއާޕޯޓްގެ ފެންވަރު ދަށްވުމުން މެންބަރު ސައުދުﷲ ހުށައެޅެއްވި މައްސަލައަކާއި ގުޅިގެންނެވެ.

ކޮމެޓީ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން ޤާސިމްގެ ވިސްނުމަކީ އެ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް ކަމަށް ވެސް އެނާ ވިދާޅުވި އެވެ. ނަމަވެސް އެކަން ނުވެ އޮތީ އިރުއިރުކޮޅާ ވިލާ ކުންފުނީގެ އަތުން އެއާޕޯޓް އަތުލާ ގޯނާ ކުރާތީ ކަމަށް ޤަސިމް ވިދާޅުވި އެވެ.

އިރުއިރުކޮޅުން ގޯނާ ކުރަންޏާ ކިހިނެއްތޯ އެކަން ކުރާނީ. ކުރީގަ ވެސް ނުކުރެވުނީ އެހެންވެގެން

ޔާމީން ސަރުކާރުގައި އެއާޕޯޓް އަތުލުން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ ފަހަރު އެއާޕޯޓް އަތުލީ އިންވެސްޓަރުން ހޯދާ ތަރައްގީގެ މަސައްކަތް ފަށަން ތައްޔާރުވެފައި އޮއްވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކުންފުނިން ވެސް އެއާޕޯޓްގެ ތަރައްގީއަށް އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. ގާސިމްގެ ވާހަކަ ތަކުރާރު ކުރައްވާ ވިދާޅުވީ އެއާޕޯޓް ހިންގަނީ ގެއްލުމުގައި ކަމަށާ މިހާރު ވެސް މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނިން ހަރަދު ކުރަން ޖެހޭ ކަމަށެވެ.

ސަރުކާރުން ބޭނުން ވަނީ އެއާޕޯޓް އަތުލަން ކަމަށްވާނަމަ އެކަމަށް ޖަދަލު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ހުންނެވީ ވިލާއަށް ގެއްލުން ނުވާ ގޮތަށް އެއާޕޯޓް ދޫކޮށްލަން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.