ޓީއެމް އީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސްގެ މުވައްޒަފުން---ފޮޓޯ: މުޙައްމަދު އުސްމާން
ވިޔަފާރި
19 Feb 2025 | 13:34
ޓީއެމްއީ ރިޓްރީޓްސް ދިގުރަށުން ސާވިސް ޗާޖުގެ ގޮތުގައި 840 ޑޮލަރު ދީފި

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސް އިން ނިމިދިޔަ ޖެނުއަރީމަހު މުވައްޒަފުންގެ ސާވިސް ޗާޖްގެ ގޮތުގައި އެ ގެސްޓްހައުސް މުވައްޒަފުންނަށް 840 ޑޮލަރު ދީފި އެވެ. 

"ވޮއިސް" އަށް މައުލޫމާތު ދެމުން ގެސްޓްހައުސްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އުސްމާން ވިދާޅުވީ، ހުސްވި މަހު ސާވިސް ޗާޖްގެ ގޮތުގައި އެ އަދަދު ގެސްޓްހައުސްގައި މަސައްކަތްކުރާ 10 މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ. އަދި މި އަދަދަކީ މިހާތަނަށް ދިގުރަށުގެ ގެސްޓްހައުސްއަކުން ދިން އެންމެ ބޮޑު ސާވިސް ޗާޖްކަން އުސްމާން ފާހަގަކުރެއްވިއެވެ. 

އުސްމާން ވިދާޅުވީ މިއީ މިހާތަނަށް އެ ގެސްޓްހައުސް އިން މުވައްޒަފުންނަށް ދީފައިވާ އެންމެ ބޮޑު ސާވިސް ޗާޖެވެ. ދިގުރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިކަމުގެ ސީޒަން ތެރޭ މިލިއަން ރުފިޔާއިން މަތީގެ ފައިދާ ހޯދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް

ހުސްވި ޖެނުއަރީމަހު ސާވިސްޗާޖުގެ ގޮތުގައި ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސް ގެ މުއައްޒަފުންނަށް 840 ޑޮލަރު ދީފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި އެއް މަހެއްގެ ތެރޭގައި އެންމެ ބޮޑު ސާވިސް ޗާޖެއްގެ ގޮތުގައި ދެވިފައިވަނީ 730 ޑޮލަރެވެ. އުސްމާން ވިދާޅުވީ ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސްގެ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެނީ ޑޮލަރުންނެވެ. 


ޓީއެމްއީ ރިޓްރީޓްސް ދިގުރަށް

އޭނާގެ ގެސްޓްހައުސްގައި ވަޒީފާ އަދާކުރަން ޑިމާންޑް ބޮޑުވިނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާ ހުންނަ ގިނަ ފަރާތްތަކުން ގެސްޓްހައުސްތަކުގައި މަސައްކަތްކުރުމުގެ ބަދަލުގައި ގިނަފަހަރަށް ދަނީ ރިސޯޓްތަކަށްކަން އޭނާ ވިދާޅުވިއެވެ. 

ޕްރޮފެޝަނަލް ހޮސްޕިޓަލިޓީ ސްޓާފުން ބޭނުންވާނީ ބޮޑު މުސާރަ. ގިނަ ފަރާތްތަކަށް ހީވާގޮތުގައި ރަނގަޅު މުސާރައެއް ލިބެނީ ހަމައެކަނި ރިޒޯޓްތަކުން. ނަމަވެސް ގެސްޓްހައުސް ތަކުންވެސް މިހާރު ރަނގަޅު އަދަދެއް ލިބޭނެ

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސް ޖެނޭރަލް މެނޭޖަރ މުޙައްމަދު އުސްމާން

އުސްމާން ވިދާޅުވީ ގެސްޓްހައުސްތަކުންވެސް ރަނގަޅު މުސާރައާއި ސާވިސްޗާޖްގެ ގޮތުގައި ރަނގަޅު އަދަދެއް މުއައްޒަފުންނަށް ލިބޭކަމަށެވެ. އެގޮތުން ޖުމްލަ ގޮތެއްގައި މުއައްޒަފަކަށް 500 ނުވަތަ 600 ޑޮލަރު ޖެހޭނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

ދިގުރަށަކީ ފަތުރުވެރިކަމުގެ ވިޔަފާރި ވަރަށްބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ރަށެކެވެ. ދިގުރަށުގައި މިހާރު 25 ހަށްވުރެ ގިނަ ގެސްޓްހައުސް ހިންގަެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.