ވިޔަފާރި
23 Feb 2025 | 11:06
އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ނިންމާލައިފި

އުރީދޫ ނޭޝަން ގޭމާސް ލޭންޑް: ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ކުލަގަދަ ހަފްލާއަކާއެކު ނިންމާލައިފިއެވެ.

މާލޭގެ އުސްފަސްގަންޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ހެލްތް އެންޑް ރެކްރިއޭޝަން އަލްފާޟިލް ޢަބްދުالله ރާފިޢުއެވެ. 

މި ފެސްޓިވަލް ފެށުނީ ވައިބްރަންޓް ކޮސްޕްލޭ ސެގްމެންޓަކުންނެވެ. މި ފެސްޓިވަލްގައި ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިން އާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ވަނީ ދައްކާލާފަ އެވެ.

އަދި ރަސްމިއްޔާތުގައި އެންމެ މޮޅު ކޮސްޕްލޭޔަރުން ފާހަގަކޮށް އެވޯޑް ދީފައިވާއިރު، ރޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަލްޓިމޭޓް ޕްލޭޔަރ އިއުލާނުކޮށް، އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ އަގު ވަޒަންކުރެވިގެންދިޔައެވެ. އެގޮތުން، ވަރުގަދަ ވާދަވެރިކަމަކަށްފަހު ހައިޝަމް ވަޙީދު ވަނީ "އަލްޓިމޭޓް ޕްލޭޔަރ"ގެ ޝަރަފުވެރި ލަގަބާއި ތަށި ހޯދާފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވަނީރާއްޖޭގައި އީސްޕޯޓްސް އާއި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަން އިން އަދާކުރަމުން އަންނަ ދައުރަށް ތައުރީފް ކުރައްވާފައެވެ.

"ގޭމިން އާއި އީސްޕޯޓްސް އަކީ ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބޮޑު ބަޔަކަށް ވެއްޖެ. ގެމަރސް ލޭންޑް ފަދަ އިވެންޓްތަކުން އަޅުގަނޑުމެންގެ ހުނަރުވެރި ގޭމަރުންނަށް ޕްލެޓްފޯމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިންޑަސްޓްރީ ކުރިއެރުވުމަށް ވެސް އެހީތެރިވެދެއެވެ." ވަޒީރު ވިދާޅުވިއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް، ވަނަ ވަނައަށް ފަރާތްތައް

ޕަބްޖީ މޮބައިލް

.- ޗެންޕިއަން -50،000ރ - އެސްޑީއެމްޒެޑް އީސްޕޯޓްސް

.- ދެވަނަ- 20،000ރ - އަކަޒަޔާ އީ ސްޕޯޓްސް

.- ތިންވަނަ- 15،000ރ - އެލްއެފް ސްކައިފޯސް

.- ހަތަރު ވަނަ- 10،000ރ - އެސްޑީއެމްޒެޑް އެންޖީ

.- 5000 ރ ފައިސާގެ އިނާމް - އެސްޑީއެމްޒެޑްހައިއްޓެ

މޮބައިލް ލެޖެންޑް: ބޭންގ ބޭންގ 

ޗެންޕިއަން- 20،000ރ - އެލްއެންއެން ސްލީޕިންގ

ދެވަނަ- 15،000ރ - ވިގަނި

ތިންވަނަ - 10،000ރ - އެލްއެންއެން އެސްއެލްއެފްއޯ ޕައިލެޓްސް

5000ރ ގެ ފައިސާގެ އިނާމް، ރީޕާ މާލް 

އީއޭއެފްސީ

ޗެންޕިއަން- 20،000ރ - ޒަމީލް ޒިހުނީ

ދެވަނަ- 15،000ރ - ޖަނާން މުޙައްމަދު

ތިންވަނަ - 10،000ރ - މުޙައްމަދު އައިމަން

ޓޮޕް ސްކޯރަރ - 5000ރ - ޒަމީލް ޒިހުނީ

ކޯސްޕްލޭ

އެއްވަނަ - 5000ރ - އައިޝަތު ޚުމައިޝާ ބިންތު ޔޫސުފް

ދެވަނަ - 3000ރ - މަރިޔަމް އަރީން ޝަހީދު

ތިން ވަނަ - 2000ރ - މުހައްމަދު އަމީރު އާމިރު

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.