އުރީދޫ ރޯދަ ހަދިޔާ އެޑް ޕޯސްޓަރު
ހަބަރު
26 Feb 2025 | 21:12
ރަމަޟާންމަހު އުރީދޫ އާއެކު ކަރާފަޅައިގެން، އެޕަލް އުފެއްދުންތަކުގެ ބިޔަ ބަންޑެއްޔެއް ހޯދުމުގެ ފުރުސަތު!

ކުރިއަށްއޮތް ރަމަޟާންމަހު އުރީދޫ އާއެކު ކަރާފަޅައިގެން، އެޕަލް އުފެއްދުންތަކުގެ ބިޔަ ބަންޑެއްޔެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އުރީދޫއިން އަންނަނީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް އެކުންފުނީގެ ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުގައި އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ހިންގަމުންނެވެ. މިކަމާ ގުޅޭގޮތުން އުރީދޫއިން ބުނީ، މި ރޯދަމަހުވެސް، އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އެތައް ކަމެއް ތައްޔާރުކުރެވިފައިވާ ކަމަށެވެ.

ރޯދައިގޭ ނޫރު - ރަމަޟާން މަހުގެ ދަތުރެއް

އުރީދޫގެ މިއަހަރު ރޯދަ ކެމްޕެއިނު ހާއްސަކޮށްފައިވަނީ، ކުޑަކުއްޖެއް ކަމަށްވާ ނޫރްގެ ފަރާތުން އޭނާގެ ފުރަތަމަ ރޯދަމަހުގެ ސިފަކުރުންތަކެކެވެ.

ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން ހާއްސަ ފޮތެއް ލިބުމާއެކު، ރަމަޟާން މަހުގެ ރިވެތި ސިފަތައް ކަމުގައިވާ ކެތްތެރިކަމާއި، ނަމާދާއި ދީލަތިކަން ޒަމާނީ އިސްލާމީ ވާހަކަތަކުން ނޫރު ރޯދަމަހުގެ ދަތުރެއް ފަށައެވެ. ނޫރުގެ ތަޖުރިބާ މެދުވެރިކޮށް.

 ރަމަޟާން މަހުގެ އަސްލަކީ، އެމަހަށްވުރެ ވެސް ބޮޑަށް ފެތުރިފައިވާ އެއްޗެއްކަން ހަނދާންކޮށްދީ، އޯގާތެރިކަމާއި، ވިސްނުމާއި، އެއްބައިވަންތަކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅުމަށް މަގުދައްކައިދެއެވެ.

<br>

މިދިޔަ ދެ އަހަރު އުރީދޫއިން ގެނެސްދިން ހަދިޔާފޮށީގެ ކާމިޔާބާއެކު މިއަހަރު ކަސްޓަމަރުންނަށް އެކުންފުނިން ގެނެސްދިނުމަށް ނިންމާފައިވަނީ،  ސުޕަރ އެޕް މެދުވެރިކޮށް އުރީދޫ ކަރާ ފެޅުމެވެ. އުރީދޫއިން ބުނީ ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކަށް އެޕުން ފެނިގެންދާ ކަރާ ފަޅާލުމަށް އެޕްގައި އެކްޓިވް އެންމެނަށް ޓެޕް ކުރެވޭނޭ ކަމަށެވެ.

އެގޮތުން އުރީދޫއިން ބުނީ ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔަރ، ވެކިއުމް ކްލީނަރ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތަކާއެކު މިއަހަރު ކަރާ ފެޅުން އުފާވެރި މަޖާ ތަޖުރިބާއަކަށް ވެގެން ދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ހުށަހެޅިފައިވާ އިނާމުގައި އެޕަލް ކުންފުނީގެ އަގުހުރި 10 އުފެއްދުން ހިމެނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

- އެޕަލް އައިފޯން 16 ޕްރޯ

- މެކްބުކް އެއާ

- އެއާޕޮޑްސް 4

- އެޕަލް ވޮޗް

- އެޕަލް ޓީވީ

- އެޕަލް ހޯމްޕޮޑް

- އެޕަލް އައިޕެޑް

– އެޕަލް ޕެންސިލްގެ އިތުރުން  އެއަރޕޮޑްސް މެކްސް – 65 ހިމެނެއެވެ.

މީގެ އިތުރުންވެސް ކޮންމެ ރަމަޟާންމަހަކު އުރީދޫ ކަސްޓަމަރުންނަށް އާދަވެގެން ހާއްސަކުރާ ހަދިޔާތަކާއި ޕްރޮމޯޝަންތައް މިފަހަރުވެސް ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ރަމަޟާންމަހު ކަނޑައެޅިފައިވާ ޕެކޭޖްތައް އެކްޓިވޭޓްކޮށްގެން ލިބޭ ހަދިޔާތަކާއި، ނަމާދުވަގުތުތައް އަންގައިދޭ އެލާޓްގެ އިތުރުން ރަމަޟާންމަހު ސައުދީއަށް ގުޅާލުމަށް ލިބިގެންދާ ހާއްސަ އަގުތައް ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.