ފިލިޕީންސް މިލިޓަރީ އުޅަނދެއް.. ފޮޓޯ: ޔޫއެސް އާމީ
ހަބަރު
02 Mar 2025 | 17:57
ޖާސޫސުކުރި މީހުން ފިލިޕީންސް އޮފިޝަލުންނަށް ރިޝްވަތު ދިން: ރިޕޯޓް

ފިލިޕީންސްގެ އަސްކަރީ މަރުކަޒުތައް ކައިރިން ޖާސޫސުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޗައިނާގެ 4 މީހުން، ފިލިޕީންސްގެ އޮފިޝަލުންނަށް އެކި ފަހަރު މަތިން ރިޝްވަތު ދީފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން ފިލިޕީންސްއާއި އެމެރިކާގެ އަސްކަރީ ބޭސްތަކެއް ހުންނަ ޓާލަކް ސިޓީގެ އޮފިޝަލުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާއިރު، ފިލިޕީންސްގެ ފުލުހުންތަކަކަށް ސައިކަލުތަކެއްވެސް ގަނެދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިމީހުން ހައްޔަރުކޮށް ބެލިބެލުމުން، ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ ފިލިޕީންސްގެ އަސްކަރީ އުޅަނދުތަކުގެ ފޮޓޯތަކާއި ވީޑިއޯތައްވެސް އެމީހުންގެ އަތުގައި ހުއްޓެވެ. އަދި ފޮޓޯއާއި ވީޑިއޯ ނެގުމަށް ޑްރޯންވެސް އެމީހުން ބޭނުންކޮށްފައިވާކަން ތަހުގީގުން ފާހަގަވެފައިވާކަމަށް ފިލިޕީންސްގެ ނޭޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސްއިން ބުންޏެވެ.

ފިލިޕީންސްއިން ތުހުމަތުކުރާ ގޮތުގައި އެމީހުންނަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ގައުމުން ބޭރަށް ނުފޫޒު ފޯރުވުމަށް ހަރަކާތްތެރިވާ ނެޓްވޯކްގައި ހިމެނޭ ބައެއް މަދަނީ ޖަމްއިއްޔާތަކުގެ ލީޑަރުންނެވެ. ފިލިޕީންސްއިން މިމައްސަލައިގައި ހައްޔަރުކުރި އެންމެންވެސް މެނީލާގައި ހުންނަ ޗައިނާގެ އަސްކަރީ އެޓާޝޭއާއި އެކި ފަހަރު މަތިން ބައްދަލުވެފައިވާކަމަށާއި، އެކަމާއި ގުޅޭ ފޮޓޯއާއި ވިޑީއޯ ފެނިފައިވާކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓްވެސްކޮށްފައެވެ.

ފިލިޕީންސްގެ ތުހުމަތުތައް ޗައިނާއިން ދޮގުކުރެއެވެ. އަދި އެހެން ގައުމުތަކުގައި ތިބޭ ޗައިނާގެ ރައްޔިތުންވެސް އެގައުމުތަކުގެ ގާނޫނަށް ބޯލެނބުމަށް އަބަދުވެސް އެދެމުންދާނެކަމަށް ޗައިނާ ޚާރިޖިއްޔާއިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.