އިންޑިއާގެ ބޮޑުވަޒީރާއި، ޖަރުމަނުވިލާތުގެ ޗާންެލަރ... ފޮޓޯ: އޭޕީ
ދުނިޔެ
02 Mar 2025 | 21:29
އިންޑިއާ އާމެދު ޖަރުމަނުން ގެންގުޅޭ ސިޔާސަތައް ބަދަލެއް ނާންނާނެ: ސަފީރު

ޖަރުމަންވިލާތުގައި ދާދިފަހުން ބޭއްވި އިންތިޚާބަށްފަހުވެސް، އެޤައުމުން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތަށާއި، ޖުމްލަކޮށް ޚާރިޖީ ސިޔާސަތަށް މާބޮޑު ބަދަލެއް ނާންނާނެކަމަށް ޖަރުމަންވިލާތުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފިލިޕް އެކަރމަން ވިދާޅުވެއްޖެއެވެ.

އެކަރމަން ވިދާޅުވީ ޖަރުމަންވިލާތުގައި ކޮންމެ ވެރިއެއް ހުންނެވިނަމަވެސް އިންޑިއާއާމެދު އޮންނަ ގުޅުން ބަދަހިވާނެކަމަށެވެ. އެގޮތުން ކުރީގެ ޗާންސެލަރ އެންގެލަރ މާކެލްގެ ވެރިކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު އެކަމަނާވެސް ގާތް ގުޅުމެއް ބޭއްވިކަން ސަފީރު ފާހަގަކުރެއްވިއެވެ. އިންޑިއާއަކީ މުހިއްމު ބައިވެރިއެއްކަމަށް ޖަރުމަންވިލާތުން އަދިވެސް ބަލަމުންދާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ފެބްރުއަރީ މަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރީ ކަނާތުފިޔައިގެ މެދުގައި ހިމެނޭ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީއާއި ކޮންޒަވޭޓިވް ޕާޓީގެ ކޯލިޝަންއެވެ. އެހެންކަމުން ދެން ޗާންސެލަރކަމަށް ވަޑައިގަންނަވާނެކަމަށް ބޮޑަށް ބެލެވެނީ އެޕާޓީގެ ލީޑަރު ފްރެޑްރިކް މާޒްއެވެ. އެހެންނަމަވެސް އޭނާއަށް ސަރުކާރެއް އެކުކަވާލެވެން އަންނަނީ ކޯލިޝަން ފުޅާކޮށްގެންނެވެ. އެކަމަށް މިމަހުގެ ނިޔަލަށް އޭނާއަށް ވައުގު އެބައޮތެވެ. މިހާރުވެސް ކްރިސްޓިއަން ޑިމޮކްރެޓްސް ގެންދަނީ ވެރިކަމުން ދުރަށްދާ އޯލަފް ޝޮލްޒްގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއާއިވެސް މަޝްވަރާކުރަމުންނެވެ.

އައު ސަރުކާރު ވެރިކަމާ ހަވާލުވާނީ އެޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.