ލަނޑުޖެހުމަށްފަހު ޗެލްސީގެ ނެޓޯ.. ފޮޓޯ: ޗެލްސީ
ކުޅިވަރު
10 Sep 2026 | 10:02
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި

އިނގިރޭސިލީގްކަޕް ތިންވަނަ ބުރުގައި ރޭ ލީޑްސް ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށް ކުރިއަށްއޮތް ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ލީޑްސްއިން ޖަހާފައިވަނީ 23 ވަނަ މިނެޓް ތެރޭގައި މުހަރެމޮވިޗް އެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ ލީޑްސް ކުރީގައި އޮވެގެންނެވެ. މެޗްގެ ދެވަނަ ހާފްގެ ކުޅުން ފަށައި ލީޑްސްގެ އާރޮންސަން ވަނީ 48 ވަނަ މިނެތް ތެރޭގައި އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 2-0 ކަށް ބަދަލުކޮށްފައެވެ.

މެޗްގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން 53 ވަނަ މިނެޓް ތެރޭގައި ކޯލް ޕާމާ އެވެ. އޭގެ މިނެޓެއްފަހުން ޕާމާ ވަނީ އިތުރު ލަނޑެއް ޖަހައި މެވްގެ ނަތީޖާ އެއްވަރުކޮށްފައެވެ. ޗެލްސީއަށް ފުރަތަމަ ފަހަރަށް މިނެޗްގައި ލީޑް ހޯދައިދިނީ60 ވަނަ މިނެޓް ތެރޭގައި ނީޓޯ އެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ވެލްބެކް ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ލީޑް ފުޅާކޮށްދީފައެވެ.

ޗެލްސީން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ލީޑްސްގެ ލެވިސް ވަނީ 75 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި އުއްމީދު އާކޮށްދީފައެވެ. ނަމަވެސް މެޗް އެއްވަރުކުރުމަށް ލީޑްސްއިން ކުރަމުން އައި އުއްމީދުތައް ގެއްލުނީ ބާކޯ އަދި ވެލްބެކް ޖެހި ލަނޑުތަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.