މާލޭގައި ދިރިއުޅޭ ބުޅަލެއް: ފޮޓޯ/ ވޮއިސް
ހަބަރު
03 Mar 2025 | 14:06
ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ބިލެއް މަޖިލީހަށް

ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް، 'ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލު' ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

އެ ބިލުގައިވާ ގޮތުން ބިލު ހުށަހެޅުމުގެ ސަބަބަކީ، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތުގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި، ވިޔަފާރި ކުރުމުގެ ކަންކަން ކުރުމަށް މަގުފަހި ކުރުމަށްޓަކައި، ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި، އޭގެ ޒަރީއާއިން އިިންސާނުންނަށް ޖެހޭ ބަލިތަކުން ރައްޖާތެރިވުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ. 

އަދި، ރާއްޖެއަށް ޖަނަވާރު އެތެރެ ކުރުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމާއި ރާއްޖެއިން ބޭރަށް ގެންދިޔުމާ ގުޅޭ އުސޫލުތަކާއި، އެ ނޫންވެސް ކަމާ ގުޅޭ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައިވާގޮތުން، ބިލު ގާނޫނަކަށްވުމުން، ގާނޫނު ހިންގޭނީ ދިރޭ ޖަނަވާރުގެ ތެރެއިން އަންނަނިވި ބާވަތްތަކުގެ ޖަނަވާރުގެ މައްޗަށެވެ. 

1) އެއްގަމުގައި ދިރިއުޅޭ ޖަނަވާރު

2) ދޫނިސޫފާސޫފި

3) އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރު

މި ބިލުގައިވަނީ ރާއްޖެއަށް ޖަނަވާރު އެތެރެކުރެވޭނެ އަސާސީ ޝަރުތުތަކެއް ކަނޑައަޅައި ބަޔާންކޮށްފައެވެ. އެއީ:

- އެ ޖަނަވާރަކީ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި ގެންގުޅުން މަނާކޮށްފައިވާ ޖަނަވާރެއް ކަމުގައި ނުވުން

- އެ ޖަނަވާރު އެތެރެކުރަނީ އިމްޕޯޓުކުރަން ހުއްދަކުރާ ބޭނުމަކަށް ކަމުގައިވުން

- އެ ޖަނަވާރު އެތެރެކުރަނީ ގާނޫނު ހުއްދަކުރާ ޚާއްސަ ބޭނުމަކަށް ކަމުގައިވުން

އަދި ހަމަ އެހެންމެ ރާއްޖެއަށް އެތެރެ ކުރުމަށް ޚާއްސަ ހުއްދައެއް ނަގަންޖެހޭ ޖަނަވާރު ތަކުގެ ތަފްސީލްވެސް ބިކުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް

1) އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދައިން ގެންގުޅޭ ޖަނަވާރަކަށް ނުވަތަ ވީއްލިގެން އުޅޭ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ. 

2) ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ.

3) ބިލުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ރާއްޖެއަށް ޖަނަވާރު އެތެރެކޮށް، ނުވަތަ ރާއްޖެއިން ބޭރުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ.

4) ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ

5) ބިލުގައި އަދަބު ކަނޑައަޅާފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ. 

ކޮމެންޓް
އަޙްމަދު
އިންސާނަކަށް ވުރެ ކަނާތުގެ އަގު ވެސް މާބޮޑުހެން ހިވަނީ
03 Mar 2025
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.