ލަންކާގައި ދިން އީސްޓަރ ބޮމުގެ ހަމަލާގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
05 Mar 2025 | 14:52
ލަންކާގެ އިރުމަރީގައި ހައްދުފަހަނައެޅި މުސްލިމް ޖަމާޢަތެއް ސަރުކާރުގެ ރާޑަރަށް!

ސްރީލަންކާގެ އީސްޓަރން ޕްރޮވިންސްގައި ހައްދުފަހަނައެޅި ފިކުރުގެ މުސްލިމް ޖަމާޢަތެއް އުޅޭކަމަށް ޖާސޫސީ މައިލޫމާތު ލިބިފައިވާކަމަށް އެގައުމުގެ ކެބިނެޓް ސްޕޯކްސްޕަރސް ވިދާޅުވެއްޖެއެވެ.

ލަންކާ މީޑިއާއާ ވާހަކަ ދައްކަވަމުން ކެބިނެޓް ސްޕޯކްސްޕަރސަން އަދި ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރ ނަލިންދަ ޖަޔަތިއްސަ ވިދާޅުވީ އެޖަމާޢަތާއި ބެހޭ އިތުރު މައުލޫމާތު ހޯދައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ލަންކާގެ ފުލުހުންގެ އިންޓެލިޖެންސާއި ލަންކާގެ ސަލާމަތީ ބާރުތަކުން ކުރަމުންދާ ކަމަށެވެ. އަދި މި ކަމާ ބެހޭ މައުލޫމާތު ލަންކާގެ ރައީސް ޑިސަނަޔަކަ މިހާރު ގާނޫނު ހަދާ މަޖިލީހާއިވެސް ހިއްސާކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިރުމަތީ ލަންކާގެ މުސްލިމުންގެ ބައިގިނަ ކަލްމުނައި ސަރަހައްދުގައި ހައްދުފަހަނައެޅި ފިކުރުގެ ބަޔަކު އެމީހުންގެ ފިކުރު ފަތުރަން މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ނިމުނު ހަފްތާ ބަންދުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރ އާނަންދަ ވިޖެޕާލައެވެ. އޭނާ ވިދާޅުވީ އެޖަމާޢަތާއި ބެހޭ މައުލޫމާތު ލަންކާގެ މިލިޓަރީ އިންޓެލިޖެންސަށާއި، ސްޓޭޓް އިންޓެލިޖެންސް ސަރވިސްއަށް ލިބިފައިވާކަމަށެވެ. އެގޮތުން ކަލްމުނާއީގެ މިސްކިތްތަކުގައި ކުޑަކުދިންގެ ހިތުގައި އިސްލާމް ދީނާއި ޚިލާފު، ހައްދުފަހަނައެޅި ފިކުރުތައް އަށަގެންނެވުމުގެ މަސައްކަތް އެ ގްރޫޕުން ކުރަމުންދާކަން ފާހަގަކުރެވިފައިކަމަށް ވިޖެޕާލަ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ލަންކާގެ ވެރިރަށް ކޮޅުނބުގެ އެކި ހިސާބުތަކަށް ހައްދުފަހަނައެޅި ބަޔަކު ދިން ޙަމަލާތަކަށްފަހު، އިރުމަތީ ޕްރޮވިންސްގައި ހިންގާ ހައްދުފަހަނައެޅި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތްތައް ލަންކާގެ ޖާސޫސީ އިދާރާތަކުން މޮނީޓަރ ނުކުރާ މައްސަލައިގައި އެ އިދާރާތަކަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.