ޣައްޒާގެ މަގެއްމަތީ ރޯދަވީއްލަން ތައްޔާރު ވަނީ
ހަބަރު
05 Mar 2025 | 14:44
ޣައްޒާގައި ދިވެހީންގެ ފަރާތުން ބިޔަ ބޮޑު ރޯދަ ވީއްލުމެއް، ބައިވެރިވާން ބޭނުންތަ!

ފަލަސްތީނުގެ ޣައްޒާގައި ދިވެހީންގެ ފަރާތުން ބިޔަ ބޮޑު, ރޯދަ ވީއްލުމުގެ ހަރަކާތެއް ބޭއްވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ނިންމައިފި އެވެ.

އައިއޭސީން ބުނީ ޣައްޒާގެ ރައްޔިތުންނަށް ޚާއްސަ ރޯދަ ވީއްލުން ބާއްވަން ތައްޔާރު ވަމުން ދަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. މިއީ ދިވެހިރާއްޖެއާ ދިވެހީންގެ ނަމުގައި އެ ޖަމާއަތުން އިންތިޒާމު ކުރާ ހަރަކާތެކެވެ.

އައިއޭސީގެ އުންމީދަކީ މަދުވެގެން ހާހެއްހާ މީހުންނަށް ބައިވެރިވެވޭ ގޮތަށް މި ރޯދަ ވީއްލުން ބޭއްވުމެވެ. 

ޣައްޒާގެ ރައްޔިތުންނަށް ހާއްސަ މި ރޯދަ ވީއްލުމަށް އެހީތެރިވުމުގެ ފުރުސަތު އައިއޭސީން މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެ ޖަމާއަތުން ބުނީ މީހަކަށް ރޯދަ ވީއްލުމެއް ދިނުމުގެ އަގަކީ 85 ރުފިޔާ ކަމަށެވެ. އެހެން ކަމުން އެ އަދަދު ނުވަތަ އެއަށް ވުރެ ގިނައިން ފައިސާ ހަދިޔާ ކޮށްގެން ވެސް މި ހަރަކާތަށް އެހީތެރިވެދެވޭނެ ކަމަށެވެ.

ދިވެހީންނަކީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގައި ނަމޫނާ ބައެކެވެ. ފަލަސްތީނާއި ޣައްޒާގެ ރައްޔިތުން ވެސް އެކަން ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކު އެވެ. މުޅި ދުނިޔޭގައި ވެސް ދިވެހީން, މަޝްހޫރުވެފައިވަނީ ފަލަސްތީނުގެ މިނިވަން ކަމުގެ ހައްގުގައި އެންމެ ގަދައަށް އަޑުއުފުލާ, އަދި އެހީތެރިވެދޭ މީހުންގެ ގޮތުގަ އެވެ.

"މިއީ އިންޝާﷲ ތާރީހުގައި ފަވާލެވޭނެ ދުވަހެއް," އަންނަ ހުކުރު ދުވަހު ބާއްވަން ތައްޔާރުވަމުންދާ ބިޔަ ބޮޑު ރޯދަ ވީއްލުމާއި ގުޅޭގޮތުން އައިއޭސީ އިން ބުންޏެވެ.

އެ ޖަމާއަތުން ދެކޭ ގޮތުގައި މިއީ ހުރިހާ ދިވެހީން ފަހުރުވެރިވާނެ ފަދަ ކަމެކެވެ. އެހެން ކަމުން ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް ވަނީ އެދިފަ އެވެ. 

އައިއޭސީ ފާހަގަ ކުރެވިފައި ވަނީ ދިވެހީންގެ އެހީ ޣައްޒާއާ އެހެނިހެން ގައުމުތަކުގައި ތިބި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ފޯރުކޮށް ދިނުމުގައި ނަމޫނާ ޖަމާއަތެއްގެ ގޮތުގަ އެވެ.

ރޯދަވީއްލުން ޕެކޭޖެއްގެ އަގަކީ 85ރުފިޔާ

ރޯދަވީއްލުން ހަދިޔާކުރެއްވުމަށް ތިރީގައިވާ އެކައުންޓް ޚިޔާރުކުރައްވާ!

👇🏻

އެކައުންޓް ނަމްބަރު: 7770000062740

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: seasonal projects.

ޓްރާންސްފަ ކޮށްފަ ސްލިޕް 9122121 އަށް ވައިބާ ކޮށްލަންވާނެ..

.ފަލަސްތީނުގެ ޣައްޒާގައި ދިވެހީންގެ ފަރާތުން ބިޔަ ބޮޑު, ރޯދަ ވީއްލުމުގެ ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅަކީ އެ އަވަށަށް އިންސާނީ އެހީ ވެއްދުމަށް އިޒްރޭލުން ހުރަސް އަޅަމުންދާ ވަގުތެކެވެ. އެކަމުގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.