ގާސިމް އިބްރާހިމް (ކ) އުއްތަމަ ފަނޑިޔާރު (މ) މަޖިލީހުގެ ނާއިބު ރައީސް (ވ)
ހަބަރު
07 Mar 2025 | 22:43
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާ ދެކޮޅު ސިއްރު ބައްދަލްވުމެއް ބޭއްވި ވާހަކައަކީ ދޮގެއް: ގާސިމް

ވިލާގެ ރޯޔަލް އައިލެންޑު ރިސޯޓްގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި މަޖިލީސް ނާއިބު ރައީސް އަހްމަދު ނާޒިމް ސުޕްރީމް ކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ސިއްރު ބައްދަލްވުމެއް ބޭއްވެވި ކަމަށް ބުނާ ވާހަކަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދޮގު ކުރައްވައިފި އެވެ.

މި ބައްދަލްވުމުގައި ގާސިމް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ ވާހަކަ ފަތުރަމުންދެ އެވެ.

ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެފަދަ ވާހަކަތައް ހިމަނާ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ހަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އިނގިތިބެ، މުޖުތަމައު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ އަމަލުތަައް ތަކުރާރު ކޮށް ކުރާ މީހުން ކަމަށެވެ.

‏އެ ވާހަކަތަކުގެ ހަގީގަތް ނެތް މިންވަރުގެ އެއް މިސާލަކީ، 2025 ވަނަ އަހަރު ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް މަޖިލިސް ނައިބު ރައީސް ވަޑައިގެން، އެމަނިކުފާނާއި، އުއްތަމަ ފަނޑިޔާރާއި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު، ރޯޔަލް އައިލަންޑުގައި ބައްދަލު ކުރިކަމަށް ބުނާ ބުނުން ކަމަށް ގާސިމް ވިދާޅުވި އެވެ.

“އަޅުގަނޑުގެ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް އަޅުގަނޑު ރޯޔަލް އައިލެންޑް އަށް ނުދާތާވެސް މިހާރު ތިން އަހަރު ވެދާނެ. އެންމެ ފަހުން އަޅުގަނޑު ރޯޔަލް އައިލަންޑް އަށް ގޮސްފައިވާނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު އޮތް ށ އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަން ގައި ށ ކޮމަންޑޫ ދާއިރާއަށް ކުރި ދަތުރުގެ ތެރޭގައި،” ގާސިމް ވިދާޅުވު އެވެ.

‏އަދި ވިދާޅުވީ މުހައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް ރިސޯޓަށް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މިހިސާބަށް އެއްވެސް ބޭނުމަކު ވަޑައިގެންފައިނުވާ ކަމަަށެވެ.

‏ގާސިމް ވަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަގީގަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު ފަތުރާ އަދި ފަތުރަމުންދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.