ދިވެހީންގެ އެހީގައި ޣައްޒާގައި އިއްޔެ އޮތް ރޯދަވީއްލުން
ހަބަރު
08 Mar 2025 | 17:22
ޣަައްޒާއަށް އުފާވެރި ވަގުތުކޮޅެެއް: ދިވެހީންގެ އެހީގައި ބޮޑު ރޯދަވީއްލުމެއް

ފަލަސްތީނުގެ ޣައްޒާގައި ދިވެހީންގެ އެހީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ރޯދަވީއްލުން ބާއްވައިފި އެވެ.

ދިވެހީންގެ އެހީގައި މި ރޯދަވީއްލުން އިންތިޒާމު ކުރީ ދިވެހީންގެ އެހީ, ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ބައިވެރިޔާ -- އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުންނެވެ.

ރޯދަ ވީއްލުން އޮތީ އިއްޔެ އެވެ.

ދިވެހީންގެ އެހީގައި ޣައްޒާގައި އިއްޔެ އޮތް ރޯދަވީއްލުން

އައިއޭސީން ބުނީ މި ރޯދަ ވީއްލުމުގައި ޣައްޒާގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވި ކަމަށެވެ.

"މި ރޯދަ ވީއްލުމުގައި ހާހަކަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައި," އިއްޔެގެ ހަރަކާތާއި ގުޅޭގޮތުން އައިއޭސީން ބުންޏެވެ.

މިއީ ދިވެހީންގެ އެހީގައި މިހާތަނަށް ޣައްޒާގައި ބޭއްވުނު އެންމެ ބޮޑު ރޯދަވީއްލުމެވެ.

ދިވެހީންގެ އެހީގައި ޣައްޒާގައި އިއްޔެ އޮތް ރޯދަވީއްލުން

އިއްޔެ ރޯދަވީއްލުން ބޭއްވިއިރު މުޅި ޣައްޒާ އޮތީ ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ސުންނާަތިކޮށްލާފަ އެވެ. ހިތްވަރު ގަަދަ ޣައްޒާގެ ރައްޔިތުން ރޯދަ ވީއްލުން ކުރިއަށް ގެންދިޔައީ މަގުތައް ފޮރުވިފައިވާ ގާކުޑިތައް އެއްކައިރިކޮށް ސާފުކޮށްލުމަށް ފަހު އެވެ.

އަދި އެވަގުތުކޮޅުގެ އުފާވެރިކަން އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ކުލަ ބޮކިތަކާއި ދިދަފަތިތަކުން ތަން އޮތީ ޒީނަތްތެރިކޮށްފަ އެވެ.

ދިވެހީންގެ އެހީގައި ޣައްޒާގައި އިއްޔެ އޮތް ރޯދަވީއްލުން

ހަނގުރާމަ މިވަގުތަށް ހުއްޓާލާފައި އޮތް ނަމަވެސް ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގަ އެވެ.

އަނިޔާވެރި ހަރުކަށި އިޒްރޭލުގެ ސިފައިން ގެންދަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސް އަޅަމުންނެވެ. ދިވެހީންގެ އެހީގައި ބޮޑު ރޯދަ ވީއްލުމެއް ބޭއްވުމަށް އައިއޭސީން ނިންމީ ޣައްޒާގެ ރައްޔިތުން ތިބި ދަތި ހާލަތަށް ކުޑަ ނަމަވެސް ލުޔެއް ހޯދައިދީ އާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޯދާ ދިނުމުގެ ބޭނުމުގަ އެވެ.

އިއްޔެގެ ހަރަކާތުން އެކަން ވަރަށް ބޮޑަށް ފުރިހަމަވި އެވެ. ރޯދަ ވީއްލުމުގެ ބައިވެރީން ތިބީ އެ ހަރަކާތަށްޓަކާ ވަރަށް އުފަލުންނެވެ.

ދިވެހީންގެ އެހީގައި ޣައްޒާގައި އިއްޔެ އޮތް ރޯދަވީއްލުން

ފަލަސްތީނުގެ ހައްގުގައި އެންމެ ބޮޑަށް ވާހަކަ ދައްކާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމުގައި ދިވެހީންނަކީ ނަމޫނާ ބައެެކެވެ. އެކަން ފަލަސްތީނުގެ -- ހާއްސަކޮށް ޣައްޒާގެ ރައްޔިތުން ގަބޫލު ކުރެ އެވެ. 

ފަލަސްތީނު މައްސަލާ ގައި މުޅި ދުނިޔޭގައި ވެސް އެންމެ ގަދަ އަޑަކީ ދިވެހީންގެ އަޑެވެ. ދިވެހީންގެ ބަޔަކު ހިންގާ އައިއޭސީއަކީ ޣައްޒާއަށް އެހީ ފޯރުކޮށް ދިނުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޖަމާއަތްމެ އެވެ.

ދިވެހީންގެ އެހީގައި ޣައްޒާގައި އިއްޔެ އޮތް ރޯދަވީއްލުން

ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެނާއި ކާނެ ތަކެއްޗާއި އަންނައުނާއި ރަޖާ ފޯރުކޮށް ދިނުން ފަދަ އެތައް ހަރަކާތެއް ދިވެހީންގެ އެހީގައި މީގެ ކުރީން އައިއޭސީން ވަނީ ހިންގާފަ އެވެ.

އިއްޔެގެ ހަރަކާތަށް ވެސް ދިވެހީންގެ ފަރާތުން ލިބުނު އެހީތެރިކަން އައިއޭސީން ވަނީ ފާހަގަކޮށްފަ އެވެ.

ދިވެހީންގެ އެހީގައި ޣައްޒާގައި އިއްޔެ އޮތް ރޯދަވީއްލުން

ޣައްޒާ އަލުން އާރާސްތު ކުރެވި ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓުމަކަށް އަންނާނެ ވަގުތަކަށް އެ ރައްޔިތުން ދަނީ އިންތިޒާރު ކުރަމުންނެވެ.

ނަމަވެސް ހުޅަނގުގެ ބާރުތަކުގެ މަދަދު އޮތް ވަޒަނެއް ނެތް އިޒްރޭލުން ގެންދަނީ ހަރުކަށިކަން ދައްކާ ފަލަސްތީނުގެ މުޅި ބިން ފޭރިގަތުމަށް ކުރަމުންދާ ހަނގުރާމަ އަލުން ފެށޭނެ މަގެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އިޒްރޭލާއި ހުޅަނގުން ކިތަންމެ ބިރެއް ދެއްކި ނަމަވެސް ޣައްޒާގެ ރައްޔިތުންގެ ކިބައިން ފެންނަނީ މާތްﷲ ހަސްރަތުން ވާގިއެދި ހިތްވަރާއެކު އެ މީހުންގެ ވަޒަން ދިފާއު ކުރުމަށް މަސައްކަތް ކުރާ އާދަޔާ ހިލާފު ގަދަ އިމާނެއްގެ ވެރި ބައެއްގެ ގޮތުގަ އެވެ.

ކޮމެންޓް
އެދުރުބެ
ތިތާނގައި ހުރި މޭޒުގެ ޢަދަދަކީ 30، ދެން މޭޒެއްގެ ކޮންމެ ފަރާތެއްގައި ހުރީ 3 ގޮނޑި އެހެންވީމާ ކޮންމެ މޭޒެއްގެ ކައިރީގައި ތިބެވޭނީ 6 މީހުންނަށް، 30*6 ވީމަ ވާނީ 180.
09 Mar 2025
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.