ޣައްޒާގެ މަގުމަތުގައި ބޭއްވި ރޯދަ ވީއްލުމެއް: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
09 Mar 2025 | 09:35
ޣައްޒާ އާރާސްތުކުރަން އަރަބި ލީގުން ހުށަހެޅި ހުށަހެޅުމަށް ހުޅަނގުގެ ބައެއް ގައުމުތަކުންވެސް ތާއީދުކޮށްފި

ފަލަސްތީނުގެ ޣައްޒާ ހިފައި އެތަނުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލުމަށް ފަހު އެތަން ތަރައްގީކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުނުކޮށް އަރަބި ލީގުން ހުށަހެޅި ގޮތަށް ހުޅަނގުގެ ބައެއް ގައުމުތަކުން

އެގޮތުން، ފްރާންސް، ޖަރުމަނުވިލާތް، އިޓަލީ އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ 53 ބިލިއަން ޑޮލަރު ޚަރަދު ކޮށްގެން ޣައްޒާ ތަރައްގީކުރަން ޢަރަބި ލީގުން ހުށަހަޅާފަްިވާ ހުށަހެޅުމަށް  އެ ގައުމުތަކުން ތާއީދު ކުރާކަން އިއުލާން ކޮށްފައެވެ. 

"މި މަޝްރޫޢުއިން ދައްކައިދެނީ ޣައްޒާ އަލުން އިމާރާތްކުރުމަށް ޢަމަލީގޮތުން ކުރިއަށް ދެވޭނެ މަގެއް.  އަދި މި މަޝްރޫޢު ތަންފީޒުކޮށްފިނަމަ، ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ނިކަމެތި ދިރިއުޅުމުގެ ޙާލަތު އަވަހަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުވެގެންދާނެ" ހަތަރު ގައުމުގެ މިނިސްޓަރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީންވެސް ވަނީ، ޣައްޒާ ހިފައި އެތަނުގެ ރައްޔިތުން އެހެން ގައުމަކަށް ބަދަލުކުރުމަށް ޓްރަމްޕް ގެންގުޅޭ ވިސަްނުމާ ދެކޮޅަށް ޢަރަބި ލީގުން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދު ކޮށްފައެވެ.

އަދި މި ސަރަޙައްދީ މަޝްރޫޢުއަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް ގޮވާލާފައިވެއެވެ.

57 މެމްބަރުން ހިމެނޭ މި ޖަމާޢަތުން މިގޮތަށް ނިންމާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހޮނިހިރު ދުވަހު ބޭއްވުނު ކުއްލި ބައްދަލުވުމެއްގައެވެ. މިއީ ޢަރަބި ލީގުން ޤާހިރާގައި ބޭއްވި ސަމިޓެއްގައި މި މަޝްރޫޢު ފާސްކުރިތާ ތިން ދުވަސް ފަހުންނެވެ.

އެގޮތުން، ގާހިރާގައި އަންގާރަ ދުވަހު ބޭއްވި ސަމިޓުގައި އަރަބި ލީޑަރުން ވަނީ ޣައްޒާ އާރާސްތުކުރުމަށް ފައިސާ ހޯދުމަށް ޓްރަސްޓް ފަންޑެއް އިއުލާނުކޮށް އެކަމަށް ތާއީދުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.