އުރީދޫ 'ރޯދައިގެ ނޫރު' ކެމްޕޭންގައި ދައްކައިދެނީ ނޫރު ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ރޯދަމަހުގެ ތަޖުރިބާތައް
ވިޔަފާރި
09 Mar 2025 | 10:53
އުރީދޫގެ ރޯދައިގެ ނޫރު؛ ކުޑަ އަންހެން ކުއްޖެއްގެ ރޯދަމަހުގެ ތަޖުރިބާ!

މިރަމަޟާން މަހު އުރީދޫ މޯލްޑިވްސްގެ އިސްތިހާރު ތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަ އަންހެން ކުއްޖެއްގެ ލޮލުން ރަމަޟާން މަހުގެ އެކި ކަންތައްތައް ދަނީ ފެންނަމުންނެވެ. މިއީ އުރީދޫ މޯލްޑިވްސްގެ ޚާއްޞަ ކެމްޕެއިން " ރޯދައިގޭ ނޫރު" އެވެ.

"ރޯދައިގެ ނޫރު" މި ކެމްޕޭނުން ދައްކުވައިދެނީ "ނޫރު" ނަމަކަށްކިޔާ ކުޑަ އަންހެން ކުއްޖަކު އަލަށް ރޯދަމަހުގެ ފުރަތަމަ ފުރިހަމަ މަސް ތަޖުރިބާކުރާ ދަތުރެވެ.

ރޯދަމަހު ނޫރުގެ ބައްޕަ ހަދިޔާކުރާ "ރޯދައިގެ ނޫރު" ފޮތުގެ ޒަރީއާއިން، އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި، ރަމަޟާން މަހުގެ ރިވެތި އަޚްލާޤުތަކުން ފުރިގެންވާ ކަންކަން ނޫރަށް ދަސްވެގެން ދެއެވެ. މިފޮތުގެ ޞަފްޙާތަކުން  ކެތްތެރިކަމާއި އޯގާތެރިކަމާއި ޝުކުރުވެރިކަމާއި ރޯދަމަހުގެ މާތްކަން ނޫރު ދަސްކުރަމުންދާތަން ފެނިގެންދެއެވެ.

މި ހިތްގައިމު ކެމްޕޭން މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރަނީ ރަމަޟާން މަހު ޖީލުތަކުގެ މެދުގައި ޙިއްޞާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށެވެ.

މި ކެމްޕެއިންގެ ސަބަބުން ރަމަޟާން މަހުގެ އަސްލު ހުރިހާ އުމުރުފުރައަކަށްވެސް ރިލޭޓެބަލް އަދި އުފާވެރި މަޖާގޮތަކަށް ހަނދާންވެގެން ދާނެކަމަށް އުރީދޫއިން އުއްމީދު ކުރެއެވެ.

ރަމަޟާން މަހަކީ ދީލަތިކަމާއި އެއްބައިވަންތަކަމުގެ ދުވަސްވަރެކެވެ.

"ރޯދައިގޭ ނޫރު" އާއެކު، މި ބަރަކާތްތެރި މައްސަރުގެ ރޫހު ހިފަހައްޓައި، އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ލޯބިވާ މީހުންނާއެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން އުއްމީދު ކުރެއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައުތައް ގުޅާލައި، މާނަފުން މެސެޖުތަކެއް އެކުލެވޭ ކެމެޕެއިނުތަކެއް ގެނެސްދިނުމަށް ކަމަށާ މި ރަމަޟާން މަހު އެ ކުންފުނިން ދައުވަތު ދެނީ "ނޫރު"އާއި އެކު ރަމަޟާން މަސް ތަޖުރިބާ ކުރުމަށް ކަމަށެވެ. 

.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.