އުރީދޫގެ އަހަރީ އާއްމު ޖަލްސާ: ފޮޓޯ/ އުރީދޫ
ވިޔަފާރި
11 Mar 2025 | 14:19
އުރީދޫގެ އަހަރީ އާންމު ޖަލްސާ: ހިއްސާއަކަށް 3.43ރ. ބަހަން ފާސްކޮށްފި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ފައިދާގެ ގޮތުގައި ބަހަން ފާސްކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭގައި ބޭއްވި އެ ޖަލްސާ އޮތީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައެވެ.

އުރީދޫއިން ބޭއްވި އެ ޖަލްސާގައި އެ ކުންފުނީގެ މުޅި ހިއްސާގެ 90.85 އިންސަތަ ބައިވެރިން ބައިވެރިވިކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެ ޖަލްސަގައި 74 ހިއްސާދާރުން ބައިވެރި ވެފައިވެއެވެ.

އުރީދޫއިން ބުނެފައިވާގޮތުން، 74 ހިއްސާދާރުންގެ ތެރެއިން 60 ހިއްސާދާރުން ބައިވެރިވެފައިވަނީ އަމިއްލައަށް ކަމަށާ، 11 ޕުރޮކްސީން އަނެއް 14 ހިއްސާދާރުން ތަމްސީލުކުރިއެވެ. 

އުރީދޫއިން ބުނީ އޭޖީއެމްގެ އެޖެންޑާގައި ހުށަހަޅާފައިވާ ގޮތަށް، 7 މާޗް 2024 ގައި ބޭއްވި އަހަރީ އާންމު ޖަލްސާގެ ލިޔެކިޔުންތަކާއި، އެއަހަރުގެ 15 ޑިސެމްބަރު ގައި ބޭއްވި ޖަލްސާގެ ލިޔެކިޔުންތަކާއި އަދި ހަމަ އެއަހަރުގެ އޮޑިޓަރުންގެ ރިޕޯޓާއެކު އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް އެޖަލްސާގައި ފާސްކުރި ކަމަށެވެ.

އެ ކުންފުނިން ބުނީ ރޭގެ ޖަލްސާގައި އުރީދޫގެ މައި ހިއްސާދާރު ކަމަށްވާ ވަތަނިއްޔާ އިންޓަނޭޝަނަލް ތަމްސީލުކުރައްވާ ބޭފުޅުން ވެސް އުރީދޫގެ ބޯޑަށް އަލުން ހޮވާފައިވާކަމަށެވެ. އެ ހޮވި ބޭފުޅުންނަކީ ޖޯޖް ބޮވްރިން ޗެލެނާއި، ވިކްރަމް ސިންހާ އަދި މޯޒާ މުހައްމަދު އޭވައި ދާވިޝްއެވެ.

މިއަހަރަކީ އުރީދޫން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރި އަހަރެވެ. ދެން އެންމެ ބޮޑު އަދަދެއް ދޫކުރީ 2019ވަނަ އަހަރު އެވެ. އެއަހަރު ހިއްސާ އަކަށް 3.30 ރުފިޔާ ބަހާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.