ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ.. ފޮޓޯ: ނިކެއި
ދުނިޔެ
11 Mar 2025 | 14:27
ޑުރަގާމެދު ހަރުކަށި ނިންމުންތަކެއް ނިންމެވި، ފިލިޕީންސްގެ ކުރީގެ ރައީސް ޑުޓާޓޭ ހައްޔަރުކޮށްފި

ޑުރަގާމެދު ހަރުކަށި ނިންމުންތަކެއް ނިންމެވި، ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފިއެވެ

ޑުޓާޓޭ ހައްޔަރުކޮށްފައިވަނީ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ)ގެ އަމުރަކަށެވެ. ޑުޓާޓޭ ހައްޔަރުކުރަންޖެހުނު ސަބަބެއްކަމަށް އައިސީސީން ބަޔާންކޮށްފައިވަނީ، އޭނާގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރިއަށްގެންދިޔަ ހަނގުރާމައިގައި ހިންގެވި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުންކަމަށެވެ.

ޑުޓާޓޭ ހައްޔަރުކޮށްފައިވަނީ ޤައުމުން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެންނެވިތަކުން ވެރިރަށް މެނީލާ އެއާޕޯޓުންނެވެ. މިހާރު އޭނާ ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މަސްތުވާ ތަކެއްޗާ ދެކޮޅަށް ޑުޓާޓޭގެ ސަރުކާރުން ކުރިއަށްގެންދިޔަ ހަނގުރާމާގައި 7،000 ހާހަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ފިލިޕީންސްގެ މިހާރުގެ ސަރުކާރުން ތުހުމަތުކުރެއެވެ. މީގެ އިތުރުން 2016 ވަނަ އަހަރުން 2022 ވަނަ އަހަރު ވެރިކަން ކުރެއްވިއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް  ޑުޓާޓޭ ކުރެއްވި އެ ހަނގުރާމާގައި އޭނާ ވަނީ އެއްވެސް ހަމައއް ލަމައެއްނެތި އަންހެނުންނާއި ކުޑަކުދިންނަށްވެސް ހަމަލާދީ މަރާލާފައިކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާަތްތަކުން ބުނެއެވެ.

ޑުޓާޓޭގެ ވެރިކަމުގައި އެންމެ ފާހަގަކުރެވިގެން ގޮސްފައިވަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް އޭނާ ގެންގުޅުނު ހަރުކަށި ސިޔާސަތުތަކެވެ. ފިލިޕީންސްގެ ވެރިކަމުގެ ހުވާ 2017 ވަނަ އަހަރު ކުރެއްވުމަށްފަހު ޑުޓާޓޭ އެންމެ ފުރަތަމަވެސް ދައްކަވާފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އަޅަންހުރި ފިޔަވަޅުތަކުގެ ވާހަކައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމުގެ އިތުރުން ޑުޓާޓޭ ވަނީ ފުލުހުންގެ ތެރޭގައި އެކަން ހައްލުކުރުމަށް އޮންނަ ޔުނިޓާދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައި އެކަމުގައި ޝައްކުވާ މީހަކު ހުރިނަމަވެސް އަދަބު ދެއްވަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.