ދުނިޔެ
12 Mar 2025 | 11:13
ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއެކު އެތައް ބަޔަކު ހައިހޫނުކަމުގައި!

ރޯދަމަސް ފެށެން ކައިރިވެފައި ވަނިކޮށް ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ނިރުބަވެރި އިސްރާއިލުން ހުރަސް އެޅުމާއެކު، އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން، އަދި ޚާއްޞަ ގޮތެއްގައި ނިކަމެތީންގެ ހާލަތު އެތަކެއް ގުނައަކަށް ދަށްވެފައިވާ ކަން ފަލަސްޠީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ރޯދަމަހުގެ 10 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ކާބޯތަކެތި އުފައްދާ ބޭކަރީތަކަށް ބޭނުންވާ ތަކެތިވެސް އެތަންތަނަށް ލިބޭނެ މަގު އިސްރާައިލުން ވަނީ ބަންދުކޮށްފައެވެ. އެގޮތުން، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 22 ބޭކަރީއެއް މަސައްކަތް ކުރަމުންދާއިރު، އެ ތަންތަން ބަލަހައްޓާ ޔޫނިއަނުން ބުނެފައިވާގޮތުން ކައްކާ ގޭސް ހުސްވުމާ ގުޅިގެން އޭގެ ތެރެއިން ހަ ބޭކަރީ ބަންދު ކުރަން ވަނީ މަޖުބޫރުވެފައެވެ. 

"ބާކީ ހުރި ބޭކަރީތައް ވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަންދު ކުރަން ޖެހޭނެ، އެ ތަންތަނުން ތެލާއި ފުށް ދަނީ ހުސްވަމުން، އެ ކަން ހުއްޓުވޭނީ ކާބޯތަކެތި އެތެރެ ކުރަން ފުރުޞަތު ދީގެން،" އެ ޔޫނިއަންގެ ވެރިޔާ ޢަބްދުއްނާޞިރު ޢަޖްރަމީ ބުންޏެވެ.

ކާބޯތަކެއްޗަށް ހުރަސް އެޅުމުގެ އިތުރުން ޔަހޫދީން ވަނީ ޣައްޒާއިން ކަރަންޓުގެ ޚިދުމަތް ވެސް މެދުކަނޑައިލާފައެވެ. އޭގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ފެން އުފައްދާ ޕްލާންޓްތަކުގެ މަސައްކަތް ހުއްޓި ސާފު ބޯފެން ލިބުމަށް ވެސް މި ވަނީ ހުރަސް އެޅިފައެވެ.

"އަޅުގަނޑުމެންނަށް ދިރިއުޅެން ޖެހިފައި މި ވަނީ ކޮން ފަދަ ނިކަމެތި ހާލަތެއްގައި؟ ކަރަންޓެއް ނެތް، ފެނެެއް ނެތް، ދިރިއުޅެވޭނެ ގޮތެއް ނެތް، އެހެންވީމަ ޙަޤީޤަތަކުގައި ދިރިހުރުމެއް ވެސް ނެތް. ޙަޔާތުގައި ބާކީ އޮތީ ދެން ކޮން ކަމެއް؟" ޣައްޒާގެ ޚާން ޔޫނިސްގެ ފޭލިގެއެއްގައި ދިރިއުޅޭ ހަ ކުދިންގެ މަންމައަކު ބުނެފައިވެއެވެ. 

ކާބޯތަކެއްޗާއި ސާފު ބޯފެން ލިބޭނެ މަގު ބަންދު ކުރުމުގެ އިތުރުން، އިސްރާއިލުން ވަނީ ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި އިނޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ހިންގަމުންދިޔަ ގަތުލު އާއްމު ހުއްޓާލާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. 15 މަސް ދުވަހަށް ދެމިގެންދިޔަ ގަތުލު އާއްމުގައި 48,000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން 17,000 އަށް ވުރެ ގިނައީ ކުޑަކުދިންނެވެ. މީގެ އިތުރުން އިސްރާއީލްގެ އެ ޖަރީމާތަކުގައި 110,750 މީހުނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، 11 ހާހަށްވުރެ ގިނަ މީހުން ވީއެއްނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.